ދިވެހިރާއްޖެ
1 އަހަރު ދުވަހުގެ މުއްދަތަށް ހ. ވެލާނާގޭގެ އެއަރކޯންތަކަށް އާފްޓަރ ސޭލްސް ސަރވިސް ދޭނެ ފަރާތެއް ހޯދުމާގުޅޭ
މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް 1 އަހަރުދުވަހުގެ މުއްދަތަށް ހ.ވެލާނާގޭގެ އެއަރކޯންތަކަށް އާފްޓަރ ސޭލްސް ސަރވިސް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތް: ހ.ވެލާނާގޭގެ އެއަރކޯންތަކަށް 1 އަހަރުދުވަހުގެ މުއްދަތަށް އާފްޓަރ ސޭލްސް ސަރވިސް ދިނުން
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓްރީ ކުރުން: 2015 ޑިސެންބަރު 30 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް 2015 ޑިސެންބަރު 30 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބީލަންކަރުދާސް ދޫކުރެވޭނެއެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2015 ޑިސެންބަރު 31 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.
ސުވާލު ފޮނުވުން: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ޖަނަވަރީ 05 ވަނަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ.
ބީލަން ކަރުދާސް: 2016 ޖަނަވަރީ 14 ވަނަ ދުވަހުގެ 15:00 ގައި އެސްޓީއޯ ހެޑްއޮފީހުގައި ބީލަންކަރުދާސް ހުޅުވުން އޮންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯން: 3344374 , 3344371
ފެކްސް: 3344633
އީމެއިލް: [email protected]