މަސައްކަތް
ނަންބަރު: (IUL)229-AHI/229/2015/54
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 28 ޑިސެންބަރު 2015 12:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'އަކްރިސް' ލާންޗްގެ ޕެޓްރޯލް ޓޭންކް ހެދުމަށް

ރ. އަތޮޅު ކައުންސިލް އިދާރާގެ 36 ފޫޓު '' އަކްރިސް '' ލާންޗުގެ ޕެޓްރޯލް ޓޭންކް 4 އެމް.އެމް. ގެ ޕިގްނަސް އެލްމެނިއަމުން ނުވަތަ 4 އެމް އެމް އެސް އެސް ދަގަނޑުފިލައިން އަމިއްލަ ތަކެތީގައި ހަދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވުނު ދެވައްތަރުގެ މެޓީރިއަލް ބޭނުން ކުރައްވައިގެން ޕެޓްރޯލް ޓޭންކް ހަދައިދެއްވޭނެ ކޯޓޭޝަނެއް (ކޮންމެ ބާވަތެއްގެ މެޓީރިއަލް ބޭނުން ކުރައްވައިގެން ހައްދަވައިދެއްވޭ އަގު ވަކިން އެނގޭގޮތަށް) އަދި ޓޭންކް ހަދައި މި ކައުންސިލަށް ގެނެސް ދެއްވޭނެ މުއްދަތު އެނގޭގޮތަށް 31 ޑިސެންބަރު 2015 ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ފޮނުއްވައިދެއްވުމަށް އެދި ދެންނެވީމެވެ.

މި ޓޭންކްގެ މިންތަކާއި ޓޭންކާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 28 ޑިސެންބަރު 2015 ވަނަ ދުވަހުގެ 12:00 އަށް މިކައުންސިލަށް ވަޑައިގަތުމުން މަޢުލޫމާތު ސާފުކޮށްދެވޭނެ ކަމުގައި ދެންނެވީމެވެ.

11 ރަބީޢުލްއައްވަލް 1437

22 ޑިސެންބަރު 2015