ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2026/2
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 31 މޭ 2026 14:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް ފަސްކުރުން.

އިޢުލާން

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތާބެހޭ

               އދ.ދިގުރަށު ކައުންސިލްގެ އެހީތެރިކަމާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އދ. ދިގުރަށުގެ ލޮބުވެތި އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ދިގުރަށުގައި ވޮލީކުޅޭ ޒުވާން ކުދިން އުފެއްދުމަށާއި، ޒުވާނުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި، އަންހެން ކަނބަލުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަޤުޞަދުގައި މިކޮމެޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޮލީބޯޅަ މުބާރާތް މިއަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވީނަމަވެސް މިހާރު ވަނީ މުބާރާތް ލަސްކުރެވިފައެވެ. މިގޮތުން މިހާރު މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 19 މެއި 2026 ވާ އަންގާރަ ދުވަހުއެވެ.

ވީމާ، މުބާރާތުގެ ޓީމް ލިސްޓް ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ 13 މެއި 2026 ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށް އިތުރު ކުރެވިފައެވެ. އަދި މުބާރާތުގެ ގުރުނެގުން އޮންނާނީ 14 މެއި 2026 ވާ ބުދަ ދުވަހުއެވެ. އެހެންކަމުން މުބާރާތް ލަސްވިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

26 J 1447

14 އޭޕްރީލް 2026

14 އޭޕްރިލް 2026