ދިވެހިރާއްޖެ
ނަންބަރ (IUL)253-OU-08275/253/2026/13
އިސްރަށްވެހިންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ޚާއްސަ ލައިސަންސް ދޫކުރުމާއި ގުޅޭ
ޤަވައިދު ނަންބަރު R-102/2021 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވައިދު) ގެ ދަށުން އުމުރުން ދުވަސްވީ ފަރާތްތަކަށް ދޫކުރާ ޚާއްސަ ލައިސަންސް ނެންގެވުމަށް ބޭނުންވާ ފަރާތްތަކަށް ، ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމަށް އިތުރު ފުރުޞަތަކަށް ހުޅުވާލަމެވެ.
ވީމާ، 22 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އުމުރުން ދުވަސްވީ ފަރާތްތަކަށް ދޫކުރާ ޚާއްސަ ލައިސަންސް ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރުއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
26 ޝައްވާލް 1447
14 އެޕްރީލް 2026