ދިވެހިރާއްޖެ
މިހާރު ކުރެންދޫގައި ޢިމާރާތްކުރަމުންދާ، 50 ފްލެޓް ދޫކުރުމާއި ގުޅޭގޮތުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައްވާފައިވާ އުޞޫލުގެ ދެލިކޮޕީއަށް އިސްލާޙް ހުށަހެޅުމަށްޓަކައި، އެއުޞޫލްގެ ޑްރާފްޓް ވާނީ ޢާއްމު ކޮށްފައެވެ. އެއުޞޫލްގެ ކޮޕީ ބޭނުންވާ ފަރާތްތަކުން، 7773649 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އުޞޫލަށް އިސްލާޙް ގެނައުމާއި ބެހޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް، 16 އޭޕްރީލް 2026ވާ ބުރާސްފަތި ދުވަހުގެރޭ 9:00ގައި، ހަބްޝީ ޕްރީ ސްކޫލްގެ ހޯލްގައި އޮންނާނެއެވެ. ވީމާ، އެބައްދަލުވުމުގައި ކުރެންދޫގެ ވީހާވެސް ގިނަ ރައްޔިތުންނާއި، ކުރެންދޫގައި ދިރިއުޅޭ އެހެނިހެން ވަޒަންވެރިން ބައިވެރިލެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.