ދިވެހިރާއްޖެ
މި ކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕޭމަންޓް މޯލްޑިވްސްގެ އޮފީހުގައި ފަޔަރ އެލާމް ސިސްޓަމް އަދި އިންޓްރޫޑަރ އެލާޓް ސިސްޓަމް ޤާއިމުކޮށް، އިންސްޕެކްޓް ކުރުމާއި މެއިންޓަނަންސް އަދި ސާވިސް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުޤުވެރިވާ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ތަފްސީލް މައުލޫމާތު (ނަން، މަޤާމު، އީމެއިލް އަދި ފޯނު ނަންބަރު) އިންގޭނެ ގޮތަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްސީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ބީލަމުގައި ރެޖިސްޓަރ ވުމުގެ ސުންގަޑި |
16 އޭޕްރިލް 2026 |
ބުރާސްފަތި |
15:00 |
|
ސައިޓު ސާވޭ ކުރުމާއި މައުލޫމާތު ސާފުކުރުމުގެ ސެޝަން |
19 އޭޕްރިލް 2026 |
އާދީއްތަ |
14:00 |
|
އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި |
20 އޭޕްރިލް 2026 |
ހޯމަ |
15:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
22 އޭޕްރިލް 2026 |
ބުދަ |
11:30 |
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 15:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރ.އެފް.ޕީ، ބީލަމުގައި ރަޖިސްޓަރ ވާ ފަރާތްތަކާއި ހިއްސާ ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އިނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.