މަސައްކަތް
ނަންބަރު: PM/IL/2026/008
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 22 އޭޕްރިލް 2026 11:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޕޭމަންޓް މޯލްޑިވްސްގެ އޮފީސް ފޮޅާ ސާފުކޮށްދިނުން

މި ކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕޭމަންޓް މޯލްޑިވްސްގެ އޮފީސް ސްޕޭސްގެ އެތެރެއާއި ބޭރުގެ އެންމެހައި ތަންތަނާއި ތަކެތި ދޮވެ، ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުޤުވެރިވާ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ތަފްސީލް މައުލޫމާތު (ނަން، މަޤާމު، އީމެއިލް އަދި ފޯނު ނަންބަރު) އިންގޭނެ ގޮތަށް[email protected]  އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރެޖިސްޓަރ ވުމުގެ ސުންގަޑި

16 އޭޕްރިލް 2026

ބުރާސްފަތި

15:00

ސައިޓު ސާވޭ ކުރުމާއި މައުލޫމާތު ސާފުކުރުމުގެ ސެޝަން

19 އޭޕްރިލް 2026

އާދީއްތަ

13:30

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

20 އޭޕްރިލް 2026

ހޯމަ

15:00

އަންދާސީ ހިސާބު ހުށަހެޅުން

22 އޭޕްރިލް 2026

ބުދަ

11:00

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 15:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރ.އެފް.ޕީ، ބީލަމުގައި ރަޖިސްޓަރ ވާ ފަރާތްތަކާއި ހިއްސާ ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އިނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

13 އޭޕްރިލް 2026