ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HRS/1/2026/7
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 20 އޭޕްރިލް 2026 14:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސީނިއަރ ނެޝަނަލް ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާނު 

މަޤާމު:

ސީނިއަރ ނެޝަނަލް ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-449957

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

ޑިޕާޓްމަންޓް / ސެކްޝަން:

ނޭޝަނަލް ސާރވޭސް އެންޑް ސްޓެޓިސްޓިކަލް ރެޖިސްޓަރސް / ސްޓެޓިސްޓިކަލް ސާރވޭސް ސެކްޝަން

މުސާރަ:

މަހަކު 10,875.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 5075.00 ރުފިޔާ

ހާޒިރީ އިނާޔަތް:

ހާޒިރުވާ ދުވަހަކަށް 135.00 ރުފިޔާ

އެހެނިހެން އެލަވަންސް:

-   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ ފީލްޑް މަސައްކަތް އިންތިޒާމްކޮށް ރާވާ ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދިނުން.
  2. މަދުވެގެން 5 އަހަރުން އެއްއަހަރު ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކޯޑިނޭޓްކޮށް ރާވާ ހިންގުމުގައި އެހީތެރިވެދިނުން
  3. މަދުވެގެން 3 އަހަރުން އެއްއަހަރު ލޭބަރ ފޯސް ސަރވޭ ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކޯޑިނޭޓްކޮށް ރާވާ ހިންގުމުގައި އެހީތެރިވެދިނުން
  4. އިގްތިސާދީ މަސައްކަތްތަކުގެ ސަރވޭގެ ފީލްޑް މަސައްކަތް އިންތިޒާމްކޮށް ރާވާ ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދިނުން
  5. ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމްގެ ތެރެއިން ނަގާ ބަލަހައްޓަންޖެހޭ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރެވޭ ސަރވޭތަކުގެ މަސައްކަތް ކޯޑިނޭޓްކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
  6. ރާއްޖޭގެ ތަރައްޤީ ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާ ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ޤައުމީ ފެންވަރުގައި ބޭނުންވާ މުހިންމު ސަރވޭތަކުގެ މަސައްކަތުގައި ހަރަކާތްތެރިވުން.
  7. ސަރުކާރާއި ދައުލަތުގެ އިދާރާތަކުން ރަސްމީ ތަފާސްހިސާބު އަދި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވާލުމަށް ކުރެވޭ ސަރވޭތަކަށް ހުއްދަ ދިނުމާއި ރަޖިސްޓަރީ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  8. ބޯހިމެނުން އަދި ސަރވޭއެއް ނިންމުމަށްފަހު ކޯޑުދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން (އައިސިކް، އިސްކޯ، އިސްކެޑްފަދަ).
  9. އެކި ފަރާތްތަކުން ކުރިއަށް ގެންދާ ސަރވޭތަކުގެ ސާމްޕްލިންގ މެތަޑޮލޮޖީއަށް ލަފާދީ އަދި އެންމެ ފުރިހަމައަށް ސާމްޕަލް ނެގުމުގައި އެހީތެރިވެ ދިނުން. އަދި އިދާރާއިން ކުރިއަށް ގެންދާ ހުރިހާ ސަރވޭއެއްގެ ސާމްޕްލިންގ މެތަޑްސް އެކުލަވާލައި އެކަމުގެ ޓެކްނިކަލް ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  10. ސަރވޭ/ސެންސަސްތަކުން އެއްކުރެވޭ މަޢުލޫމާތުތަކުގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި ޓެކްނިކަލް އެސިސްޓަންސް ސަރުކާރުގެ އޮފީސްތަކަށާއި އަމިއްލަ ފަރާތްތަކަށް ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ ޑޭޓާ އެނަލިޓިކްސް، އެގްރި-ބިޒްނަސް އެންޑް އެޕްލައިޑް އިކޮނޮމިކްސް، އެގްރިބިޒްނަސް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް، އެގްރިކަލްޗަރަލް އެންޑް ފުޑް އިކޮނޮމިކްސް، އެގްރިކަލްޗަރަލް އެންޑް ރިސޯސް އިކޮނޮމިކްސް، އެގްރިކަލްޗަރަލް އިކޮނޮމިކްސް، އެގްރިކަލްޗަރަލް އިކޮނޮމިކްސް އެންޑް އެގްރިބިޒްނަސް،އެނަލިޓިކަލް ސައިންސް، އެނަލިޓިކްސް، އެޕްލައިޑް ޑޭޓާ އެނަލިޓިކްސް، އެޕްލައިޑް ޑޭޓާ އެނަލިޓިކްސް އެންޑް ވިޝުއަލައިޒޭޝަން، އެޕްލައިޑް ޑޭޓާ ސައިންސް،  އެޕްލައިޑް ޑިމޮގްރަފީ، އެޕްލައިޑް އިކޮނޮމެޓްރިކްސް،އެޕްލައިޑް އިކޮނޮމިކްސް، އެޕްލައިޑް މެތަމެޓިކްސް، އެޕްލައިޑް ސްޓެޓިސްޓިކްސް، އެޕްލައިޑް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، އެޕްލައިޑް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ ސައިންސް، ބިހޭވިއަރަލް އިކޮނޮމިކްސް، ބިގް ޑޭޓާ އެނަލިޓިކްސް، ބިގް ޑޭޓާ ޓެކްނޯލޮޖީ، ބިޒްނަސް އެނަލިޓިކްސް، ބިޒްނަސް ޑޭޓާ އެނަލިޓިކްސް، ބިޒްނަސް ޑޭޓާ ސައިންސް، ބިޒްނަސް އިކޮނޮމިކްސް، ބިޒްނަސް އިންޓެލިޖަންސް އެންޑް ޑޭޓާ އެނަލިޓިކްސް، ކްރިމިނޮލޮޖީ އެންޑް ޑޭޓާ އެނަލިޓިކްސް، ޑޭޓާ އެނަލިޓިކްސް،ޑޭޓާ އެނަލިޓިކްސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް، ޑޭޓާ އެންޑް ބިޒްނަސް އެނަލިޓިކްސް، ޑޭޓާ މެނޭޖްމަންޓް،ޑޭޓާ ސައިންސް،ޑޭޓާ ސައިންސް އެންޑް އެނަލިޓިކްސް،ޑިމޮގްރަފީ،ޑިމޮގްރަފީ އެންޑް ސްޓެޓިސްޓިކްސް،ޑިވެލޮޕްމަންޓް އިކޮނޮމިކްސް،ޑިވެލޮޕްމަންޓް ސްޓަޑީޒް،ޑިވެލޮޕްމަންޓް ސްޓަޑީޒް އެންޑް ޑޭޓާ އެނަލިޓިކްސް،އިކޮނޮމެޓްރިކްސް،އިކޮނޮމިކްސް އެންޑް އިކޮނޮމެޓްރިކްސް، އިކޮނޮމިކްސް އެންޑް ކޮމާރސް،އިކޮނޮމިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، އިކޮނޮމިކްސް އެންޑް އިކޮނޮމެޓްރިކްސް،އިކޮނޮމިކްސް އެންޑް ފައިނޭންސް،އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސް،އެޑިޔުކޭޝަން އިކޮނޮމިކްސް،އެންވަޔަރަންމަންޓަލް ޑޭޓާ ސައިންސް،އެންވަޔަރަންމަންޓަލް އިކޮނޮމިކްސް،ފައިނޭންޝަލް އިކޮނޮމިކްސް،ފުޑް އެންޑް ރިސޯސް އިކޮނޮމިކްސް،ފަންކްޝަނަލް ޑޭޓާ އެނަލިޓިކްސް،ޖެރޮންޓޮލޮޖީ،ހެލްތް ކެއަރ ޑޭޓާ އެނަލިޓިކްސް،ހެލްތު އިކޮނޮމިކްސް،އިންޑަސްޓްރިއަލް އިކޮނޮމިކްސް،އިންފޮމޭޝަން އެނަލިޓިކްސް،ލޭބަރ އިކޮނޮމިކްސް،ލޭންޑް އިކޮނޮމިކްސް،ލޭންޑް އިކޮނޮމީ،ލޯ އެންޑް އިކޮނޮމިކްސް، މެރިން އިކޮނޮމިކްސް އެންޑް ފައިނޭންސް، މެރިޓައިމް އިކޮނޮމިކްސް، މާކެޓިންގ އެނަލިޓިކްސް، މާކެޓިންގ އެންޑް ޑޭޓާ އެނަލިޓިކްސް، މެތަމެޓިކަލް ސްޓެޓިސްޓިކްސް، މެތަމެޓިކަލް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ ސައިންސް، މެތަމެޓިކްސް، މަނިޓަރީ އެންޑް ފައިނެޝިއަލް އޮކޮނޮމިކްސް،ފިލޯސަފީ އެންޑް ޑޭޓާ އެނަލިޓިކްސް، ޕޮލިޓިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، ޕޮޕިއުލޭޝަން ސްޓަޑީސް، ޕްރޮޕަޓީ އިކޮނޮމިކްސް، ޕަބްލިކް އިކޮނޮމިކްސް، ޕަބްލިކް ޕޮލިސީ އިކޮނޮމިކްސް، ރިއަލް އެސްޓޭޓް އިކޮނޮމިކްސް، ރިއަލް އެސްޓޭޓް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް، ސޯޝަލް އިކޮނޮމިކްސް، ސްޓެޓިސްޓިކަލް އެނަލިޓިކްސް، ސްޓެޓިސްޓިކަލް ޑޭޓާ އެނަލިޓިކްސް، ސްޓެޓިސްޓިކަލް ޑޭޓާ މޮޑެލިންގ، ސްޓެޓިސްޓިކަލް ޑޭޓާ ސައިންސް، ސްޓެޓިސްޓިކަލް މޮޑެލިންގ، ސްޓެޓިސްޓިކަލް ޕްރެކްޓިސް، ސްޓެޓިސްޓިކަލް ސައިންސް، ސްޓެޓިސްޓިކްސް، ސްޓެޓިސްޓިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، ޓްރާންސްޕޯޓް އިކޮނޮމިކްސް

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

ތަފާސްހިސާބާގުޅޭ މަސައްކަތްތައް، ދިރާސާކުރުމާބެހޭ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޭޕްރީލް 2026ގެ 14:00ގެ ކުރިން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު)

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 21 އޭޕްރީލް 2026 އިން 21 މެއި 2026 އާއި ދެމެދު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008408 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

13 އޭޕްރިލް 2026