ވަޒީފާގެ ފުރުޞަތު
ނަންބަރު: GS03/2015/29
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 04 ޖަނަވަރީ 2016 13:30
ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ކައުންސެލަރ

   އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ކައުންސެލަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

މަޤާމުގެ ރޭންކް: އެމް. އެސް. 1

ވަޒީފާ އޮތް އޮފީސް: ހިތަދޫ ސްކޫލް، ސ. ހިތަދޫ

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން، ހިތަދޫ ސްކޫލް، ސ. ހިތަދޫ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކައުންސެލިންގެ ޕްރޮގްރާމުތައް ރޭވުމާއި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތައް ބެލެހެއްޓުން.

- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.

- ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.

- ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.

- ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން.

- ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޙަފުލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.                                                                    

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެެ ކަންތައްތައް:

ޝަރުޠު ހަމަވުމާއެކު، މި މަޤާމުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.    

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 6 ޖަނަވަރީ 2016 ގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހިތަދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހިތަދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 4 ވާ ހޯމަ ދުވަހުގެ 13:30 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ހިތަދޫ ސްކޫލުގެ 6886908 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

13 ރަބީޢުލްއައްޥަލް 1437

24 ޑިސެންބަރު 2015