ދިވެހިރާއްޖެ
ރަށުގެ ބަނދަރު ބޭނުންކުރުމުގެ އުސޫލާއި ހިލާފައް ބައެއް ފަރާތްތަކުން ބަނދަރު ބޭނުންކުރަމުންދާކަން މިކައުންސިލައްވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ފެރީ އެޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި އޮޑިދޯނިފަހަރު އެޅުމާއި ބަނދަރުގެ ވާޓަރުކައިރީގަޔާއި މިގޮތައް ހާއްސަކުރެވިފައިވާ ސަރަހައްދުތަކުގައި ތަކެތި ބެހެއްޓިފައި ހުންނަކަންވަނީ ފާހަގަކުރެވިފައެވެ. ބަނދަރު ބޭނުންކުރުމަށާއި މިފަދަ ކަންކަމައް ހާއްސަ އުސޫލުތައް އެކުލަވާލެވިފައިވަނީ އާއްމުންނައް ފަސޭހަކަމާއެކު ވީހާވެސް ތަކުލީފު ކުޑަކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމުގައި ވީނަމަވެސް މަދުފަރާތްތަކުން މިއުސޫލުތަކާއި ހިލާފައް އަމަލުކުރުމުގެ ސަބަބުން ހިދުމަތްހޯދާ ގިނަ ފަރާތްތަކަކަށް ދަތިތަކާއި ކުރިމަތިވަމުންދާކަމުގައި ދަންނަވަމެވެ. ވީމާ، ބަނދަރު ބޭނުންކުރުމުގެ އުސޫލާއި ހިލާފައް ވާޓަރުގެ ކައިރީގައި ބެހެއްޓިފައިވާ ތަކެތި ނެގުމަށާއި ފެރީއަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި އޮޑިދޯނިފަހަރު ނޭޅުމަށް ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.