ދިވެހިރާއްޖެ
ކައުންސިލް އިދާރާއާއި ކުރިން ކޯޓު ހިންގި އިމާރާތް ގުޅުވާލުމާއި އިދާރާގެ ފޫޓުފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ތިރީގައި ދެންނެވިފައި މިވަނީއެވެ.
* ފާރުން ކެނޑުމަށްފަހު ބިއްލޫރި ފްރޭމް ހަދައި ހަރުކުރުން
* ޕާޓިޝަން ޖެހުން
* ދޮރާއި ދޮރުފަތާއި ތަޅު ހަރުކުރުން
* ކައުންޓަރު ހެދުން
* އެއަރކޯން ހަރުކުރުން
* ފޫޓުފާރު ރާނައި ސިމެންތިޖެހުން
* ކުލައާއި ދަވާދު ލުން
ވީމާ، އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 29 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
02 ރަބީޢުލްއައްވަލް 1437