ބީލަން
ނަންބަރު: (IUL)459-PL/459/2026/24
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 26 އޭޕްރިލް 2026 10:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

01. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިންގާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)459-PL/459/2026/23 އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

02. ހަވާލާދެވިފައިވާ އިޢުލާނާއި ގުޅިގެން ބީލަމަށް ރެޖިސްޓަރ ކުރުމުގެ މުއްދަތު 2026 އޭޕްރީލް 21ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް ތިރީގައިވާ އީ-މެއިލް އެޑްރެހަށް ފޮނުއްވަން ދެއްވުން އެދެމެވެ.

އަދި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

[email protected]

03. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޭޕްރިލް 20 ވާ ހޯމަ ދުވަހުގެ 14:00 ގެ  ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

05. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

06. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޭޕްރިލް 26ވާ އާދިއްތަ ދުވަހުގެ 10:00ގައެވެ.  

07. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މި ވުޒާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ޕްރޮކިއުމަންޓް ސެކްޝަން،

    އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
    ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ

    ފޯން ނަންބަރު: +960 3013017

    އީމެއިލް:   [email protected]

    ކޮޕީ: [email protected]

13 އޭޕްރިލް 2026