މަސައްކަތް
ނަންބަރު: GS17/2015/62
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 30 ޑިސެންބަރު 2015 10:00
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކުރީގެ ދަނާލުގެ އޮފީސް އިމާރާތާއި، އެކޮމަޑޭޝަން ބްލޮކް މަރާމާތުކޮށް 2 ކްލާސްރޫމަށް ބަދަލުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިމަރުކަޒުގެ ނަންބަރު GS17/2015/51 ޕްރީސްކޫލް މަރުޙަލާއަށް ކިޔަވައިދިނުމަށްޓަކައި، ކުރީގެ ދަނާލުގެ އޮފީސް އިމާރާތާއި، އެކޮމަޑޭޝަން ބްލޮކް މަރާމާތުކޮށް 2 ކްލާސްރޫމަށް ބަދަލުކުރުމަށް ކުރި އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވީ އެންމެ 2 ފަރާތުން ކަމުގައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ދިނުން

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ބުދަ

30 ޑިސެންބަރު 2015

10:00

ބިޑް ހުށަހެޅުން

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ހޯމަ

04 ޖަނަވަރީ 2016

10:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 6800013 ނަންބަރު ފޯނަށެވެ.

09 ރަބީޢުލްއައްވަލް 1437

20 ޑިސެންބަރު 2015