ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325/325/2026/29
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި:
21 އޭޕްރިލް 2026 14:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ 2 ވަނަބުރުގައި ގޯތިދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައިހުރި ރުއްގަހުގެ ވެރިން ހޯދުން:
2025 ވަނަ އަހަރުގެ 2 ވަނަބުރުގައި ގޯތިދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހަށް ބަދަލު ދިނުމަށް ކައުންސިލުން ބޭނުންވެއެވެ. ވީމާ މި ސަރަޙައްދުގައި ނޫކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ތިރީގައިވާ މަޢުލޫމާތު މިކައުންސިލަށް ފޮނުވައި ދެއްވުން އެދެމެވެ. އަދި މި ސަރަޙައްދުގައި ނޫކުލައިން ނަންބަރު ޖެހިފައި ނެތަސް އެއީ އެމީހެއްގެ ރުކެއް/ގަހެއް ކަމަށް ވާނަމަ އެކަންވެސް އަންގަވައިދެއްވުން އެދެމެވެ. 2025 ވަނަ އަހަރުގެ 2 ވަނަ ބުރުގެ ގޯތިދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގެ ޗާޓު މި އިޢުލާނާއެކު އާންމު ކުރީމެވެ.
- ރުއްގަހުގެ ވެރިފަރާތުގެ ނަން އަދި އެޑްރެސް
- ރުއްގަހުގައި ނޫކުލައިން ޖަހާފައިވާ ނަންބަރު
- ކައުންސިލްގެ ރުއްގަހުގެ ރަޖިސްޓްރީގައި ރުއްގަހުގެ ވެރިޔާއަށް ދީފައިވާ ނަންބަރު
މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.
24 ޝައްވާލް 1447
12 އޭޕްރިލް 2026