މަސައްކަތް
ނަންބަރު: (IUL)333/333/2015/76
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 30 ޑިސެންބަރު 2015 11:30
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުން

ކ.ތުލުސްދޫގައި ބަށިކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ނަންބަރު: 76/IUL)333/333/2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ސުރުޚީގައި އެވާ މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ،  އެއިޢުލާން ބާޠިލުކޮށް، ތިރީގައިމިވާ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް ދެވަނަފަހަރަށް އިޢުލާންކުރަމެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން، މިރަށުގައި ޤާއިމުކުރެވޭ ބަށިކޯޓެއް އެމިނިސްޓްރީން ގެންގުޅުއްވާ ބަށިކޯޓުގެ މިންގަނޑުތަކާ އެއްގޮތަށް ބަށިކޯޓު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެންބަރު 2015ވާ ބުދަ ދުވަހުގެ މެންދުރުކުރި 11:30އަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ މެންދުރުކުރި 11:30 އަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެއްވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ސާފުނުކަރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 ރަބީޢުލްއައްވަލް 1437

20 ޑިސެންބަރު 2015