ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/391
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 28 ޑިސެންބަރު 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް (ގެރޭޑް 1)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/3،380 ރުފިޔާ -/4،350 ރުފިޔާއާ ދެމެދުގެ އަދަދެއް، ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު ހަމަޖައްސައިދެވޭނެ.

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ސުޕަމާޓް

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1،500 ރުފިޔާއާއި -/2،100 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ޕްރޮބޭޝަނަށްފަހު ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަރުތަކުގައި މުދާ އެތުރުމާއި ތަކެތި ލޭބަލްކުރުން.
  • މުއްދަތު ހަމަވާ ތަކެތި ބެލުމަށްފަހު ސުޕަވައިޒަރަށް އެންގުން.
  • ގުދަންތެރެ ސާފުކުރުމާއި ބެލެހެއްޓުން.
  • ގުދަނަށް އަންނަ މުދަލާ ހަވާލުވުން.

ތަޢުލީމާއި ތަޖުރިބާ:

  • ޖީ. ސީ. އީ. އޯލެވެލްގެ 2 މާއްދާއާއި، އެސް. އެސް. ސީ. އިމްތިޙާނުގެ ދިވެހިން ސީ ފާހަށްވުރެ މަތި ލިބިފައިވުން ނުވަތަ އެއަައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
  • މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އިސްކަންދެވޭނެ.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 28 ވާ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، އެސް. ޓީ. އޯ. ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- ވެބްސައިޓުގެ އެޑްރެހަކީ، http://www.sto.mv/downloads އެވެ.

ނޯޓު:

- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓްފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.

- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ، ހެޑު އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv

10 ރަބީޢުލްއައްޥަލް 1437

21 ޑިސެންބަރު 2015