ދިވެހިރާއްޖެ
ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިމަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓެވުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ފެށިގެން އަންނަދުވަހުގެ ހެނދުނު 7:00 އަށް ( ޖުމުލަ 13 ގަޑިއިރު ) އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް އައުޓްސޯސްކޮށްގެން ސެކިއުރިޓީ ބަލަހައްޓަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްމީ ދުވަސްތަކުގައި ހެނދުނު 7:00 އިން އިރުއޮއްސި 6:00 އަށް ސްކޫލުގެ ގޯތިތެރެއާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ރަސްމީ މަސައްކަތެއް ކަމުގައި ހަމަޖައްސަވައި އެކަމަށް އިތުރު ޚަރަދެއް ނުހިނގާނެގޮތަށް އިންތިޒާމު ހަމަޖެއްސެވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަދަރުސާގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އައިޓަމް / ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުން |
30 ޑިސެންބަރު 2015 |
ބުދަ |
11:00 |
ތ.އ.ތ މަރުކަޒު |
އަންދާސީހިސާބު ހުށައެޅުއްވުން |
7 ޖެނުއަރީ 2016 |
ބުރާސްފަތި |
13:00 |
ތ.އ.ތ މަރުކަޒު |
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދެވޭ އުސޫލު ތިރީގައި މިވަނީއެވެ.
- އެންމެ އަގުހެޔޮ ފަރާތް %70
- ތަމްރީނު ލިބިފައިވާ ސެކިއުރިޓީ އޮފިސަރުން ބޭނުންކުރުމަށް % 10
(5 މީހުންނާއި ހަމައަށް، މީހަކަށް 2 ޕޮއިންޓް)
- މަސައްކަތް ނަގާފައިވާ ފަރާތުގެ މާލީ ޤާބިލުކަން % 10
- މަސައްކަތުގެ ތަޖުރިބާ % 10
(ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްފައިވާ ކޮންމެ އަހަކަށް 2 ޕޮއިންޓް، ގިނަވެގެން 5 އަހަރަށް)
ޝުކުރިއްޔާ
10 ރަބީޢުލްއައްވަލް 1437