ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-199/IUL- 2015/046
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:57
ސުންގަޑި: 28 ޑިސެންބަރު 2015 12:00
ދާންދޫ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ލައިބްރޭރިއަން

ބޭނުންވާ އަދަދު: 1 (އެކެއް)                 

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ގއ. ދާންދޫ ސްކޫލް

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ދާންދޫ ސްކޫލުގެ އެކަޑެމިކް ސެކްޝަން                  

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ލައިބްރަރީގެ "ރޫލްސް" ތައްޔާރުކޮށް ދަރިވަރުންނާއި، ޓީޗަރުންނާއި، ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފެންނާނެހެން ބަހައްޓައި، އެއަށް އަހުލުވެރިކުރުވުމާއި، ލައިބްރަރީން ފޮތްދޫކޮށް ބަލައިގަތުމާއި، އޭގެ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުން.

2. ސްކޫލުގައި ކިޔެވުން އޮންނަ ދުވަސްތަކުގައި ލައިބްރަރީ ހުޅުވާފައި ބެހެއްޓުމާއި، ސްކޫލުން ހަވާލުކުރާ ޝެޑިއުލާ އެއްގޮތަށް ލައިބްރަރީ ކްލާސްތައް ނެގުމުގައި ޓީޗަރުންނަށް އެހީތެރިވެ، އެކަމަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުން.

3. ލައިބްރަރީ ފޮތްތަކުގައި ބޭރުގަނޑު ލައި، ތަރުތީބު ނަންބަރާއި ތައްގަނޑުޖަހައި، ލޭބަލްކޮށް، ލައިބްރަރީ ފޮތްތައް ގްރޫޕްކޮށް، ފިކްޝަން ފޮތްތަކާއި، ނޮންފިކްޝަން ފޮތްތަކާއި، ރިފަރެންސް ފޮތްތައް އެނގޭނެހެން އަތުރައި ތަރުތީބުކޮށް ބެލެހެއްޓުމާއި، ލައިބްރަރީން ފޮތް ދޫކޮށް ބަލައިގަންނާނެ އުޞޫލެއް ތައްޔާރުކޮށް، އެއާ އެއްގޮތަށް ދަރިވަރުންނާއި، ޓީޗަރުންނަށް ލައިބްރަރީގެ ޚިދުމަތް ދިނުން އިންތިޒާމްކުރުން.

4. ލައިބްރަރީއަކީ ތަރުތީބު އަދި ސާފުތާހިރު ތަނަކަށް ހެދުމާއި، ކޮންމެ ދުވަހަކު ލައިބްރަރީ ފޮތްތައް ތަރުތީބުކުރުމާއި، މަސައްކަތުމީހުންގެ އެހީތެރިކަމާއެކު ލައިބްރަރީގެ ފޮތްހަރުގަނޑުތަކާއި، ތަޅުންގަނޑުގައި ފެންފޮތިލައި، ދޮރުތަކާއި ދޮރުފަތްތައް  ފޮޅައި ސާފުކޮށް ބެލެހެއްޓުން.

5. ދަރިވަރުންގެ މެދުގައި ފޮތްކިޔުމަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި ދަރިވަރުން ފޮތްކިޔަން އަހުލުވެރިކުރުވުމަށްޓަކައި، އެކަޑަމިކް ސްޓާފުންނާ ގުޅިގެން ރީޑިންގ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ އެންމެ ފަހުގެ ފޮތްތައް (ދަރިވަރުންގެ ކިޔެވުމާ ގުޅުންހުރި އެކި ލެވެލްތަކުގެ ފޮތްތަކާއި ރިފަރެންސް ފޮތްތައް) ދެނެގަނެ، އެ ފޮތްތައް މެނޭޖަންޓަށް ހުށަހަޅައިގެން ހޯދުން.

6. ޒަމާނީ މިންގަނޑުތަކަށް ލައިބްރަރީގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމާއި، ސްކޫލުގެ ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދާ ފޮތްތަކާއި ތަކެތި ބަލައިގަނެ، އެންޓްރީކޮށް ދުވަހުން ދުވަހަށް އިންވެންޓްރީ އަޕްޑޭޓްކުރުން.

7. ދުވަހުން ދުވަހަށް ހިންގޭ ލައިބްރަރީ ހަރަކާތްތަކާއި، ދުވަހުން ދުވަހަށް ލައިބްރަރީ ބޭނުންކުރެވޭގޮތުގެ ޔައުމިއްޔާ ލިޔެ، ލައިބްރަރީ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ ޓާމަކު އެއްފަހަރު ސްކޫލުގެ އިސްވެރިޔާއަށް ހުށަހެޅުން.

8. ކޮންމެ ދިރާސީ އަހަރަކަށް ދަރިވަރުންނަށް ހޯދާ ޓެކްސްޓް ފޮތްތައް ބަލައިގަނެ، ފޮތް ދޫކުރާ ކޮމެޓީގެ ބެއްލެވުމުގެދަށުން ދަރިވަރުންނަށް ފޮތްދޫކުރުމާއި، ދިރާސީ އަހަރު ނިމުމުން، އެ ފޮތްތައް އަނބުރާ އަތުލައި، ރެކޯޑްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޓީޗަރުންނަށް ބޭނުންވާނެ ޓެކްސްޓް ފޮތްތަކާއި، ރިފަރެންސް ފޮތްތައް، ކޮންމެ އަހަރެއް ފެށޭއިރު ދޫކުރުމާއި، އަހަރު ނިމުމުން، އެ ފޮތްތައް އަނބުރާ ހޯދުން.

9. ސްކޫލުގައި ބާއްވާ އެކިބައްދަލުވުންތަކާއި، ފާހަގަކުރާ އެކި މުނާސަބަތުތަކަށާއި ލިސްނިންގ ކްލާސްތަކަށާއި ލިސްނިންގ ޓެސްޓްތަކަށް ބޭނުންވާނެ ސައުންޑް ހެދުމާއި، އެފަދަ ކަންތައް ބާއްވާނެ ތަންތަން ތައްޔާރުކުރުމަށް ބޭނުންވާނެ އިންތިޒާމުތައް ކުރުމާއި، އެސެމްބްލީގަޑީގައި ސައުންޑާއި ސްކޫލް ލަވައާއި ބެލް ޖެހޭނެ އިންތިޒާމް ހަމަޖެއްސުން.

10. ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ދިމާވާ ކުއްލި ކަންތައްތަކުގައި ބައިވެރިވުމާއި، ތިމާއަށް ލިބިފައިވާ އެކިހުނަރުތަކުގެ ބޭނުން ސްކޫލަށް ޖެހިއްޖެ ހިނދެއްގައި އެކަމެއްގައި ސްކޫލަށް އެހީތެރިކަންދީ، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  • ބަލަހައްޓަންޖެހޭ ގްރޭޑާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންގެންދާ މުވައްޒަފުން އެ މުވައްޒަފު މިހާރު ވަޒީފާ އަދާކުރާ މުއައްސަސާއަކުން އެ މުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމު" ހުށަހަޅާ މުވައްޒަފުންނަށް ވަޒީފާޔަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ. 

އިންޓަވިއު ކުރުން:

ހ. އިންޓަވިއު އޮންނާނީ، 30 ޑިސެންބަރު 2015 އާއި 6 ޖަނަވަރީ 2016 އާ ދެމެދުގެ ދުވަހެއްގައި ދާންދޫ ސްކޫލުގެ އިދާރާގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެެވެ. އަދި މި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން މަޤާމަށްއެދޭ ސިޓީއާއެކު، 2015 ޑިސެންބަރު 28 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް ދާންދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ. އީ މެއިލުންނަމަ [email protected] އަށް ފޮނުވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ދާންދޫ ސްކޫލުގެ 7983075 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

10 ރަބީއުލްއައްޥަލް 1437

21 ޑިސެންބަރު 2015