ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/389
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި: 29 ޑިސެންބަރު 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް: ވޮޗަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/2،620 ރުފިޔާ

މަޤާމްގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް)

މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ގދ. ތިނަދޫ ފިހާރަ

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: -/1،350 ރުފިޔާއާއި -/2،400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* ކަނޑައެޅިފައިވާ ޑިއުޓީގައި، ތަން ބެލެހެއްޓުން.

* ފިހާރަ ހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

* ގްރޭޑް 7 ގެ ފެންވަރު ހުރުން.

* މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

* ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ސުންގަޑި:

މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 29 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، އެސް. ޓީ. އޯ. ގދ. ތިނަދޫ  ފިހާރައިންނާއި، އެސް. ޓީ. އޯ. ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ http://www.sto.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.

- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސް. ޓީ. އޯ. ހެޑް އޮފީސް ނުވަތަ އެސް. ޓީ. އޯ. 138 (ގދ. ތިނަދޫ) ފިހާރަ،  ދާންނާމަގު، ނަންބަރު 59، ގދ. ތިނަދޫ

ފޯން: 3012675، 3344273.

10 ރަބީޢުލްއައްޥަލް 1437

21 ޑިސެންބަރު 2015