ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-D/1/2015/73
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:50
ސުންގަޑި: 31 ޑިސެންބަރު 2015 13:30
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސްޓޭޓް އެޓަރނީ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސްޓޭޓް އެޓަރނީ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

ސްޓޭޓް އެޓަރނީ (ސީ. އެސް. 9-2)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

11,240 ރުފިޔާ (އެގާރަހާސް ދުއިސައްތަ ސާޅީސް ރުފިޔާ)

ސަރވިސް އެލަވަންސް:

3,600 ރުފިޔާ (ތިންހާސް ހަސަތޭކަ ރުފިޔާ)

ސްޕެޝަލް ޑިއުޓީ އެލަވަންސް:

އަސާސީމުސާރައިގެ 35%

މީގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް / އައްޑޫ ސިޓީ

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ގއ، ގދ، ޏ، ސ. އަތޮޅުގެ ޝަރުޢީ ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުން؛
  • ގއ، ގދ، ޏ، ސ. އަތޮޅުގެ ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ދޭންޖެހޭ ލަފާދިނުމުގައި އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން؛
  • އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ގއ، ގދ، ޏ، ސ. އަތޮޅުގައި އަދާކުރުމަށް ހަމަޖެހިފައިވާ ޤާނޫނީ އެންމެހައި ވާޖިބުތަކާއި، ޤާނޫނު އަސާސީންނާއި ޤާނޫނުން އެޓަރނީ ޖެނެރަލް އަދާކުރުމަށް ކަނޑައަޅާފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އެޓަރނީ ޖެނެރަލް އަދާކުރުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން:

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

އިންޓަވިއުކުރުމަށް ކަނޑައަޅާފައިވާ މުއްދަތާއި ތަން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު 2016 ޖަނަވަރީމަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެއެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

 

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  2015  ޑިސެންބަރު  31  ވާ  ބުރާސްފަތި  ދުވަހުގެ 13:30 ގެ ކުރިން،   ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، އަންނަނިވި ލިޔެކިޔުންތަކާއެކު މި އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް މި އޮފީހުގެ http://www.agoffice.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އޮފީހުގެ ކައުންޓަރުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.    

  1. ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  2. އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ފޮޓޯކޮޕީ؛
  3. ބެޗެލަރސް ޑިގްރީގެ ޓްރާންސްކްރިޕްޓް ނުވަތަ ނަތީޖާ ކަރުދާހުގެ ފޮޓޯ ކޮޕީ؛
  4. ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ (ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު)
  5. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ؛
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ  ލިޔުންތަކުގެ ކޮޕީ؛
  7. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ؛
  8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  9. ސިވިލް ސަރވިސްއަށް / ސަރުކާރަށް  ޚިދުމަތްކުރުމުގެ  އެއްބަސްވުމެއް  އޮތް  މުވައްޒަފުން، ކުރިމަތިލާ  މަޤާމަށް  ހޮވިއްޖެނަމަ،  އަދާކުރަމުންދާ  ވަޒީފާއިން  ވީއްލުމާމެދު  އިއުތިރާޒެއް ނެތްކަން އެނގޭނެ، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

ނޯޓު:

ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައިގެން އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި އޮފީހުގެ 3010100 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

9 ރަބީޢުލްއައްޥަލް 1437

20 ޑިސެންބަރު 2015