މަސައްކަތް
ނަންބަރު: KACL/iulaan/2015/019
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 31 ޑިސެންބަރު 2015 11:00
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
50ކިލޯ ވޮޓްގެ ދެ ޖަނަރޭޓަރ ސިންކްރަނައިޒް ކުރުމާބެހޭ

މި ކުންފުނީގެ ފަރާތުން ހިންގާ ކައްދޫ އެއަރޕޯޓްގެ ޕަވަރހައުސްގައި ބޭނުންކުރާ 50ކިލޯވޮޓްގެ 2ޖަނަރޭޓަރ ސިންކްރަނައިޒް ކުރެވޭނެގޮތް ހެދުމަށް ބޭނުންވާތީ، މިމަސައްކަތް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިކުންފުނީގެ ހެޑްއޮފީހަށް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، ބަންޑާރަ ކޮށި) ނުވަތަ ކައްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޖަނަވަރީ 2016 ވާ ބުދަދުވަހުގެ 11:00 އަށް މިކުންފުނީގެ ހެޑްއޮފީހަށް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، ބަންޑާރަ ކޮށި) ނުވަތަ ކައްދޫ އެއަރޕޯޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 6800704 ، 7930063 އާ ގުޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

10 ރަބީޢުލްއައްވަލް 1437

21 ޑިސެންބަރު 2015