މަސައްކަތް
ނަންބަރު: GS-82/2015/34
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:18
ސުންގަޑި: 28 ޑިސެންބަރު 2015 11:00
މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
1 ފާޚާނާ ޕްރީސްކޫލް ދަރިވަރުން ބޭނުންކުރުމަށް ބަދަލުގެންނަން

އިޢުލާން

މިމަދަރުސާގައި މިހާރު ބޭނުންކުރަމުންދާ ފާޚާނާތަކުގެ ތެރެއިން 1 ފާޚާނާ ޕްރީސްކޫލް ދަރިވަރުން ބޭނުންކުރުމަށް ގެންނަންޖެހޭ ބަދަލު ގެންނަން ވަނީ ބޭނުންވެފައެވެ.

ވީމާ، މި ފާޚާނާއަށް ގެންނަން ބޭނުންވާ ބަދަލާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2015 ޑިސެންބަރު 28 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހެއް ފޮނުވާނަމަ ސިޓިއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ އަދި އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

21 ޑިސެންބަރު 2015