ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2026/59
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:48
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އުސޫލު ނަންބަރު G-34/2025 ގެ ދަށުން ކޮޅުމަޑުލު (ތ) ވިލުފުށީގައި ދޫކުރާ 100 (ސަތޭކަ) ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ
މި މިނިސްޓްރީގެ ނަންބަރު 491/491/2026/2(IUL) (11 ޖަނަވަރީ 2026) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
އުސޫލު ނަންބަރު G-34/2025 (ތ. ވިލުފުށީގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) ގެ ދަށުން ހައުސިންގ ޔުނިޓަށް އެދި "ހިޔާވެހި ޕޯޓަލް'' (https://hiyaavehi.housing.gov.mv) މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މުއްދަތު، 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އިތުރު ކޮށްފީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
11 އޭޕްރިލް 2026