ދިވެހިރާއްޖެ
މި ރަށުގެ ބަނދަރު ސަރަހައްދުގައި ހަދާފައިވާ ކުރީގެ ފެންޕްލާންޓްގެ މި ކައުންސިލްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ދަތުރުވެރިންގެ ހިޔާގެ ގޮތުގައި ތަރައްގީ ކޮށްދިނުމުގެ ބައެއް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިދެންނެވި ދަތުރުވެރިންގެ ހިޔާގައި ކުރަން ހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 2026 އޭޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ 10.00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2026 އޭޕްރީލް 21 ވާ އަންގާރަ ދުވަހުގެ 10.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމުގައި ބައިވެރިނުވެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ 7886649 / 9906162 އަށް ގުޅުއްވުމަށް ދަންނަވަމެވެ.