ކުއްޔަށް ހިފުން
ނަންބަރު: H-2013/250
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 31 ޑިސެންބަރު 2015 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވ.ތިނަދޫ އިންޖީނުގޭ އޮފީސް ހިންގުމަށް ޢިމާރާތެއް އެއްއަހަރު ދުވަހަށް ކުއްޔަށް ހިފުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ވ.ތިނަދޫ އިންޖީނުގޭ އޮފީސް ހިންގުމަށް ޢިމާރާތެއް އެއް އަހަރު ދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

މިފަދަ ޢިމާރާތެއް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް ވ.ތިނަދޫ އިންޖީނުގެއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ މަޢުލޫމާތު 

އިތުރު ތަފުސީލު

އިމާރާތުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު:

 

ގުޅޭނެ ފޯނު ނަންބަރު:

(މޮބައިލް ނަންބަރު)

ކުއްޔަށް ދޭން ހުށަހަޅާ އިމާރާތުގެ އެޑްރެސް:

 

ޢިމާރާތުގެ ޖާގައިގެ ބޮޑުމިން (އަކަފޫޓުން) :

މަދުވެގެން 150 އަކަފޫޓާއި 500 އަކަ ފޫޓާ ދެމެދުގެ ޖާގައެއް ޢިމާރާތުގައި ހުންނަން ވާނެއެވެ.

ޢިމާރާތުގެ ކުލި (މަހަކަށް):

 

ބޭނުންކުރަން ފެށޭނެ ތާރީޚު:

 

އެހެނިހެން ޝަރުޠު:

 

ޢިމާރާތަކީ މަގަށް ދޮރުކެނޑިފައިވާ ފަސޭހައިން ވަދެނިކުމެވޭ ގޮތަށް ހުރިތަނަކަށް ވާންޖެހޭނެއެވެ.

ޢިމާރާތުގައި ފާޚާނާއެއް ހުންނަންވާނެއެވެ.

ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފުސީލު

  1. އިމާރާތުގެ ކުލި –85 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު85 x
  2. އިންޖީނުގެއާ ގުޅުންހުރި އިދާރީ ޚިދުމަތްތައް ދިނުމަށް ހުރި ފަސޭހަކަން - 15 ޕޮއިންޓް

ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި، ކުއްޔަށް ދޫކުރުމަށް ހުށަހެޅޭ ތަނަކީ ސްޓެލްކޯއިން ވ.ތިނަދޫއަށް ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދެވެން ނެތް ފަދަ ތަނެއް ކަމަށް މި ކުންފުންޏަށް ފެނިއްޖެ ހާލަތެއްގައި އެފަދަ ޕްރޮޕޯސަލްތައް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "އޮފީސް އިމާރާތް ކުއްޔަށް ދިނުމަށް އެދި" ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދޫކުރަން އެދިވަޑައިގަންނަވާ ފަރާތްތަކުން 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުނީގެ ވ.ތިނަދޫ އިންޖީނުގެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

17 ރަބީޢުލްއައްވަލް 1437

ނޯޓް:

  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވާނަމަ، އެ މާއްދާގައި ބުނާ ފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338124 / 3338121 ނަންބަރު ފޯނާއެވެ.
  • އީމެއިލް ކުރައްވާނީ [email protected]

 

 

21 ޑިސެންބަރު 2015