ވަޒީފާގެ ފުރުޞަތު
ނަންބަރު: NHC-730/IUL/2026/006
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 19 އޭޕްރިލް 2026 14:00
ތިލަދުންމަތީ ދެކުނބުރީ ނަައިވާދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޓެންޑެންޓް

އިޢުލާން

 

މަޤާމު:

ހެލްތް ކެއަރ އެޓެންޑެންޓް

މަޤާމުގެ ނަންބަރު:

J-428534

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު :

ވަޒީފާ ހަމަޖެހޭ ތާރީޙުން ފެށިގެން   09 ސެޕްޓެމްބަރ 2026 އާއި ހަމައަށް

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 1 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހދ.ނައިވާދޫ ޞިއްޙީމަރުކަޒު

މަޤާމުގެ އަސާސީ މުސާރަ:

-/8255 ރުފިޔާ (އަށްހާސް ދުއިސައްތަ ފަންސާސް ފަސްރުފިޔާ)

މަޤާމު އެލަވަންސް:

-/2475 ރުފިޔާ (ދެހާސް ހަތަރުސަތޭކަ ހަތްދިހަ ފަސްރުފިޔާ) ( ހާޒިރުވާ ދުވަހަކަށް )

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 65 ރުފިޔާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ދަޢުލަތުގެ ޕޭފްރޭމް ވާރކްގެ މިންގަނޑުތަކާއި އެއްގޮތަށް (01 ނޮވެމްބަރ 2025 އެއްގޮތަށް) އިތުރުގަޑީގެ ފައިސާ އަދި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ބަލިމީހުން އެޑްމިޓް ކުރުމުގެ ކުރިންނާއި ބަލިމީހާ ޞިއްޙީ މަރުކަޒުން ދޫކުރުމަށްފަހު ވާރޑުގެ އެނދާއި ކަބަޑްފަދަ ތަކެތި ނަރުހުން އަންގާ ގޮތެއްގެ މަތިން ދޮވެ ސާފުކުރުން

2-      ބަލިމީހުންނާއި ގުޅުންހުރި ދާއިރާތައް ( ވާރޑް، ކޮންސަލްޓޭޝަން ރޫމް ، ޑްރެސިން ރޫމް ، ހޯލް، ލޭބަރ ރޫމް، ނަރުހުންގެ ޖަގަހަ ) މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހާ މޮޕްލުން (އެންޓިސެޕްޓިކް ސޮލިއުޝަން ބޭނުން ކޮށްގެން)

3-      ބަލި މީހުން ބޭނުންކޮށް ހަޑިވާ ތަކެތި (ބެޑްޝީޓް، ޞިއްޙީ މަރުކަޒުގެ ލިނަން ފަދަ ތަކެތި) ދޮވެ ސާފު ކުރުން

4-      ވާރޑް، ފާޚާނާ، އަދި އެހެނިހެން ތަންތަނުގައި ހިފާގެންގުޅޭ ސާމާނު ސާފުކޮށް ބެލެހެއްޓުން

5-      ޞިއްޙީ މަރުކަޒުގައި ބޭނުންކުރާ އައިވީ ސްޓޭންޑާއި އެހެނިހެން އިކުއިޕްމަންޓްސް ފަދަ ތަކެތި ނަރުހުން އަންގާ ގޮތެއްގެ މަތިން ސާފުކޮށް ބެލެހެއްޓުން.

6-      ސްޓްރެޗަރ އަދި ވީލް ޗެއަރގައި ޞިއްޙި މަރުކަޒަށް ގެނެވޭ ބަލިމީހުން އުފުލުމާއި ޞިއްޙީ މަރުކަޒަށް އިމަރޖެންސީކޮށް ގެނެވޭ ބަލިމީހުން ރިސީވް ކުރުމުގެ އެންމެހާ ކަންތައްތަކުގައި ޙަރަކާތްތެރިވުން

7-      ކޮންމެ ދުވަހަކު ސިއްޙީ މަރުކަޒުގެ އިމާރާތުގެ ހުރިހާތަނެއް ކުނިކަހާ މޮޕްލުން (އެންޓިސެޕްޓިކް ސޮލިއުޝަން ބޭނުން ކޮށްގެން)

8-      ޞިއްޙީ މަރުކަޒުގައި އުފެދޭ ކުނިބުނި ނައްތާލުމާއި ޑަސްބިންތައް ދުވަހުން ދުވަހަށް ސާފުކުރުން

9-      ބަލިމީހުންނާއި އެކި ބޭނުންތަކުގައި ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރާ މީހުންނަށް ރަނގަޅުގޮތުގައި މުޢާމަލާތްކޮށް ފުރިހަމަ މަޢުލޫމާތުދީ އެހީތެރިކަން ދިނުން

10-  ކޯލްޑިއުޑީއަކަށް އަންނަން ޖެހޭ ހާލަތްތަކުގައި ޑިއުޓީއަށް އައުމާއި އިމަރޖެންސީ ޙާލަތްތަކުގައި މަސައްކަތް ކުރުން

11-  ބަލިމީހުންގެ ސިއްރު ތަކާއި ޞިއްޙީ މަރުކަޒުގެ ސިއްރުތައް ހިފެހެއްޓުން

12-  މަސައްކަތުގެ ދާއިރާގައި ކުރަންޖެހޭ ކަންތައްތައްކުރަން ހަމަޖެހިފައިވާ ގަވާއިދު ތަކާއި އުސޫލުތަކާއި އެއްގޮތަށް ފަރުވާތެރި ކަމާއިއެކު ކުރުން

13-  މަސައްކަތް ކުރުމުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ވީހާވެސް އަވަހަކަށް ތަނުގައި ޙަވާލު ވެގެން ހުންނަ އެންމެ އިސްވެރިޔާ އަށް އެންގުން

14-   ޞިއްޙީމަރުކަޒުގައި ބޭނުންކުރާ ފޮތީގެ ބާވަތްތަކާއި ރަބަރު ޝީޓް ފަދަ ތަކެތި ދޮވެސާފުކޮށް ހިއްކާ އިސްތިރިކޮށް ޚިދުމަތަށް ދަތިނުވާގޮތުގެ މަތިން ކަބަޑުތަކުގައި ތަރުތީބުން އަތުރާފައި ބެހެއްޓުން

15-   ކޮންމެ ޑިއުޓީއެއް ނިމުމުގެ ކުރިން ޖެހިގެން އަންނަ ދުވަހުގެ ޑިއުޓީއަށް ބޭނުންވާނޭ ތަކެތި ސްޓޮކުން ހޯދައި ރައްކާތެރިކަމާއި އެކު ބެލެހެއްޓުން

16-   މަސައްކަތް ކުރުމަށް ބޭނުންކުރާ މެޝިނަރީޒް ތަކަށް ދިމާވާ މައްސަލަތައް ވަގުތުން ސްޕަވައިޒަރަށް އެންގުން، މެޝިންތަށް ފަރުވާތެރިކަމާއި އެކު ދުވަހުން ދުވަހަށް ސާފްކޮށް ބެލެހެއްޓުން

17-   ދޮވެ ސާފްކުރުމަށްޓަކައި ލޯންޑްރީއަށް ގެނެވޭ ތަކެއްޗާއި ދޮވެ ނިމުމަށްފަހު ލޯންޑްރީއިން ގެންދާ ތަކެތި ރެކޯޑް ލިޔެ ބެލެހެއްޓުން

18-  ބާވެ ހަލާކުވާ ބެޑްޝީޓް، ބާލީސްއުރަ، ދޮރުފޮތި ފަދަ ތަކެތީގެ މަޢުލޫމާތު ނާރސިންގ އިންޗާޖަށް ވީއެންމެ އަވަހަކަށް އެންގުން.

19-  ޞިއްޙީ މަރުކަޒުގެ ގޯތިތެރެ އާއި ޞިއްޙީ މަރުކަޒުގެ ވަށައިގެންވާ މަގުމަތީގެ ވިނަ ނޮޅާ ކުނިކަހާ  ސާފުކޮށް ބެލެހެއްޓުން

20-   ސިއްޙީ މަރުކަޒުގެ ގޯތިތެރޭގައި ހައްދާ ގަސްތައް ފެންދީ ބެލެހެއްޓުން

21-   ސިއްޙީ މަރުކަޒުން، އެކިފަރާތްތަކަށް އަދި އޮފީސްތަކަށް ހަވާލުކުރާ ލިޔެކިޔުންތައް ޙަވާލުކުރުން

22-   މަސައްކަތުގައި ބޭނުންކުރާ އިކުއިޕްމަންޓްސް ފަރުވާތެރިކަމާއެކު ގެންގުޅުމާއި އެފަދަ އެއްޗެއްގައި މައްސަލަޖެހި ނުވަތަ ހަލާކުވެއްޖެނަމަ އަންގަންޖެހޭ ފަރާތްތަކަށް ވަގުތުން އެންގުން

23-  ޞިއްޙީ މަރުކަޒުން ހިންގާ ހެލްތް ޕްރޮމޯޝަން އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެދިނުމާއިއެހީތެރިވެ ދިނުން.

24-   މީގެ އިތުރުން ސިއްޙީމަރުކަޒުގެ އެހެނިހެން މުވައްޒިފުންނަށް އެހީތެރިވެ ދިނުމާއި ޢާއްމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދާއިރާ ފިޔަވައި އެހެން ދާއިރާ ތަކުގެ މުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

25-  ޞިއްޙީމަރުކަޒުގައިކުރެވޭ އެކިއެކި މަސައްކަތަކާއި ހެލްތް ޕޮރޮމޯޝަން އެކްޓިވިޓީތަކުގައި އެހެން މުވައްޒަފުންނަށް އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެގުން  ނުވަތަ

މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

މަޤާމުގެ ކޯ ޑިސިޕްލިން:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

 - ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް 

 - އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މަރުކަޒުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ)  މަސައްކަތަށް ބޭނުންވާ މުއްދަތު ހަމަނުވާ ލައިސަންސް

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެ ވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  19 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ހދ.ނައިވާދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 އޭޕްރީލް 2026 އާއި 07 މެއި 2026 އާއި ދެމެދު، ހދ.ނައިވާދޫ ޞިއްޙީމަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި  ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520548 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

09 އޭޕްރިލް 2026