ދިވެހިރާއްޖެ
އެފް.އޭ.އެމް ރީޖަނަލް ލީގު ކޮލިފަޔާސްގައި ބައިވެރިވާ ގދ. ހޯނޑެއްދޫ ޓީމަށް ޕާކިސްތާނުން 4 ކުޅުންތެރިން ގެނައުމަށް ބޭނުންވާ ޓިކެޓް ހޯދުމަށް ކުރެވުނު 02 އިޢުލާނާ ގުޅިގެންވެސް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތަށް ހުށަހަޅާ އަގުގެ %90 ފައިސާ އެޑްވާންސް އަށް ކޮންޓްރެކްޓަރަށް ދޫކުރެވޭނެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 11 އޭޕްރިލް 2026 ވާ ދުވަހުގެ 10:00 އަށް މި ކައުންސިލަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޯޓޭޝަން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ޖައްސަވަންވާނެއެވެ. މިގޮތަށް ފޮނުއްވަން ވާނީ އަމިއްލަ ފަރުދަކު ނަމަ އެމީހެއްގެ އެކައުންޓުން، އަމިއްލަ ފަރުދުންގެ ވިޔަފާރި އަކުން ނަމަ މަސްޢޫލުވެރިޔާގެ އެކައުންޓް އަދި ކުންފުނި/ޕާޓްނަރޝިޕަކުން ނަމަ މެނޭޖިންގ ޑިރެކްޓަރ/މެނޭޖިންގ ޕާޓްނަރ ގެ އެކައުންޓުންނެވެ. މިމަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައަޅާނީ އެންމެ ހެޔޮ އަގެއް ހުށަހަޅާ ފަރާތެއް ބަލައިގެންނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.