ނީލަން
ނަންބަރު: (IUL)32-A2-PR/1/2026/14
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 20 އޭޕްރިލް 2026 00:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ނީލަން

މިއޮފީހުގައި ބާވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 20 އެޕްރީލް 2026 ވާ އަނގާރަ ދުވަހުގެ ހެނދުނު 11:00 ގައި ބަންޑާރަނައިބުގެ އޮފީހުގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

 

ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ.

 

ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 20 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ބަންޑާރަނައިބުގެ އޮފީސް / ވެލާނާގެ 6 ވަނަ ފަންގިފިލާއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

 

ނިލާމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކޮށްލައްވަން ބޭނުންފުޅުވާ ނަމަ[email protected]  އަށް މެއިލް ކޮށްލެއްވުމަށް އެދެމެވެ.

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

09 އޭޕްރިލް 2026