ދިވެހިރާއްޖެ
1- މިރަށު ރަށްދެބައިމަގުން އުޑުވިލާގެ އިރުދެކުނު ކަންކައިރީގައި ޖަހާފައިވާ މަގުބައްތިން މައްސާގުގޭގެ ދެކުނުގައި ޖަހާފައިވާ މަގުބައްތިއަށް އަޅާފައިވާ ކޭބަލް ބަދަލުކޮށް ކަރަންޓް ގުޅަން ބޭނުންވެއްޖެއެވެ. ކޮންނަންޖެހޭ ކޯރުގެ ދިގުމިނަކީ ގާތްގަޑަކަށް 214 ފޫޓެވެ.
2- މިމަސައްކަތަށް ބޭނުންވާ ކޭބަލް ކައުންސިލް އިދާރާއިން ދޫކުރާނެއެވެ. ކޯރަށް އަޅަންޖެހޭ ޓޭޕް ހޯދަންވާނީ އަމިއްލައަށެވެ. އަދި މިހާރު އަޅާފައިވާ ވަގުތީ ކޭބަލާއި ކުރިން އަޅާފައިވާ ކޭބަލްވެސް ނަގައި ކައުންސިލު އިދާރާއާ ޙަވާލުކުރަންވާނެއެވެ.
3- ކޯރުކޮނުމަށްފަހު ފަސްލާއިރު ރަނގަޅަށް ފަސްބާރު ކުރަންވާނެއެވެ. މިމަސައްކަތުގެ ސަބަބުން އުފެދޭ އެންމެހާ ކުނިބުނިތައް ހަމަޖެހިފައިވާ އުސޫލުން ނައްތާލަންވާނެއެވެ. އެގޮތުން، ގާކުނިތަކާއި މޫތަކާއި އެންމެހާ ތަކެތި ނަގައި ރަނގަޅަށް ތަން ސާފުކުރަންވާނެއެވެ.
4- ކޯޓޭޝަންގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
5- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.
6- މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 13 އޭޕްރިލް 2026 ވަނަ ދުވަހުގެ 09:00 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
7- ކޯޓޭޝަން ހުށަހަޅާނީ 15 އޭޕްރިލް 2026 ވާ ބުދަ ދުވަހު ރަސްމީ ގަޑީގައި މިއިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެގަޑީގައި ކޯޓޭޝަން މިއިދާރާއަށް ލިބުނުތޯ ކަށަވަރު ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.