ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން
ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެ
2016 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ކުރެވުނު އިޢުލާނު ނަންބަރު GS147/2015/23 އާ ގުޅިގެން އެކަމަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން 2016 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި، 2 ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ ޢިމާރާތެއް ކުއްޔަށްހިފަން އިޢުލާނު ކުރަމެވެ.
ވީމާ، މިފަދަ ޢިމާރާތެއް ކުއްޔަށް ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކުއްޔަށް ދެއްވާނެ އަގު ބަޔާންކުރައްވައި 4 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު ގޭގެ ކުރެހުމާއި ގޭގައި ހުންނާނެ ތަކެތީގެ އިންވެންޓްރީވެސް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ސިޓީ ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
9 ރަބީޢުލްއައްވަލް 1437