މަސައްކަތް
ނަންބަރު: GS124-970/IUL/2026/08
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 21 އޭޕްރިލް 2026 11:30
އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގެ ދަރިވަރުން ބޭނުންކުރަން އަލަށް ހަދާ ފާޚާނާ ބަރީގެ ނުނިމިހުރި މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

މި ސްކޫލްގެ ދަރިވަރުން ބޭނުންކުރަން އަލަށް ހަދާ ފާޚާނާ ބަރީގެ ނުނިމިހުރި މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.)ޕްރޮޖެކްޓް ނަމްބަރ: GS124-970/2026/4)

      ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

            މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

            މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

           މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  09 އޭޕްރީލް  2026 އިން  15 އޭޕްރީލް  2026 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރުމަށްފަހު [email protected]  މެއިލް އަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

           މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުން އޮށްނާނީ  16 އޭޕްރީލް  2026 ވާ ބްރާސްފަތި  ދުވަހުގެ 13:00 ގައި އިނގުރައިދޫ ސްކޫ އޮފީހުގައެވެ.

                އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 21 އޭޕްރީލް  2026 ވާ އަންގާރަ ދުވަހުގެ 11:30ގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި އިނގުރައިދޫ ސްކޫލްގައެވެ.   ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

         މިޕްރޮޖެކްޓާގުޅޭ ބިޑް ރަޖިސްޓްރީ ފޯމް، މަޢުލޫމާތު ކަރުދާސް އަދި ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

08 އޭޕްރިލް 2026