ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2026/18
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:11
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި އަމިއްލަކުރުމުގެ އަގު މުރާޖާ ކުރުން

ބަންޑާރަ ގޯތި އަމިއްލަކުރުމުގެ އަގު މުރާޖާ ކުރުން:

 މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ޢާއްމު ކޮށްފައިވާ ޤަވާޢިދު ނަންބަރު: (R182-2022) "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 09 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން ކައުންސިލުން ކައުންސިލްގެ 04 ވަނަ ދައުރުގެ 228 ވަނަ ބައްދަލުވުމުން ކަނޑައަޅާފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމަށްޓަކައި ގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގު އަކަފޫޓެއް 60 (ފަސްދޮޅަސް) ރުފިޔާއިން 25 (ފަންސަވީސް) ރުފިޔާއަށް ބަދަލު ކުރުމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 251 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ. އެހެންކަމުން، 08 އެޕްރީލް 2026 އިން ފެށިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގަކީ އަކަފޫޓަކަށް 25 (ފަންސަވީސް) ރުފިޔާއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 އޭޕްރިލް 2026