ދިވެހިރާއްޖެ
އިޢުލާން
ސިޓީލާ ނީލަން ކިޔުން:
މި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތިރީގައިމިވާ ޖަނަރޭޓަރތައް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
1. ޖަނަރޭޓަރ: ކަމިންސް، 187KW
ކޮންޑިޝަން: މަރާމަތުކުރަންޖެހިފައި
ނީލަން ހުށަހަޅާ އަގު: 40000.00 ރުފިޔާ (ސާޅީސްހާސް ރުފިޔާ)
2. ޖަނަރޭޓަރ: ޑޮއިސް، 40KW
ކޮންޑިޝަން: މަރާމަތުކުރަންޖެހިފައި
ނީލަން ހުށަހަޅާ އަގު: 20000.00 ރުފިޔާ (ވިހިހާސް ރުފިޔާ)
3. ޖަނަރޭޓަރ: ކަމިންސް، 29.6KW
ކޮންޑިޝަން: މަރާމަތުކުރަންޖެހިފައި
ނީލަން ހުށަހަޅާ އަގު: 15500.00 ރުފިޔާ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ)
4. ޖަނަރޭޓަރ: ޔަންމާ، 23KW
ކޮންޑިޝަން: ބޭނުންކުރެވޭ ގޮތަށް
ނީލަން ހުށަހަޅާ އަގު: 25500.00 ރުފިޔާ (ފަންސަވީސްހާސް ފަސްސަތޭކަ ރުފިޔާ)
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މި ތަކެތި ބައްލަވާ ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެމަތީ އަގު 30 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކޮންމެ ޖަނަރޭޓަރަކަށް ވަކިންނެވެ. އަދި ކޮންމެ ޖަނަރޭޓަރަކަށްވެސް އިތުރު ކުރެވޭނީ މަދުވެގެން 500.00 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) އެވެ. މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން މި ކައުންސިލަށް ފައިސާ ދެއްކުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނުވަތަ ތަކެތި ނުގެންދަވައިފިނަމަ އަލުން މި ތަކެތި ނީލަމަށް ލެވޭނެކަމާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަކަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ. މި ތަކެތި ބައްލަވަން ނުވަތަ މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6660545 ފޯނާ ގުޅުއްވުމުން އެކަން ހަމަޖެހޭނެ ވާހަކަ ދެންނެވީމެވެ.
05 ރަބީޢުލްއައްވަލް 1437