ދިވެހިރާއްޖެ
މަޤާމް: ޗީފް ފައިނޭންޝަލް އޮފިސަރ
މަޤާމުގެ ބާވަތް: ދާއިމީ
ޑިވިޜަން: ފައިނޭންސް
ބޭނުންވާ ޢަދަދު: 01
ކޮންޓްރެކްޓްގެ މުއްދަތު: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ:
-
އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން މާސްޓަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ) އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިއެފްއޭސީ) އިން ގަބޫލުކުރާ ޕްރޮފެޝަނަލް ބޮޑީއަކުން ދޫކުރާ ޕްރޮފެޝަނަލް ސަނަދެއް (އޭސީސީއޭ، ސީމާ، ސީޕީއޭ ފަދަ) ޙާޞިލުކޮށްފައިވުން. އަދި އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މަދުވެގެން 6 (ހައެއް) އަހަރު ދުވަހުގެ ހިންގުމުގެ ފަންތީގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
-
އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން ބެޗަލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ) އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިއެފްއޭސީ) އިން ގަބޫލުކުރާ ޕްރޮފެޝަނަލް ބޮޑީއަކުން ދޫކުރާ ޕްރޮފެޝަނަލް ސަނަދެއް (އޭސީސީއޭ، ސީމާ، ސީޕީއޭ ފަދަ) ޙާޞިލުކޮށްފައިވުން. އަދި އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މަދުވެގެން 8 (އަށެއް) އަހަރު ދުވަހުގެ ހިންގުމުގެ ފަންތީގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މުސާރަ އާއި ޢިނާޔަތްތައް:
-
ލިބިފައިވާ ތަޢުލީމީ ސަނަދުތަކާއި މަސައްކަތުގެ ތަޖުރިބާއަށް ރިޢާޔަތްކޮށް، ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން މުސާރަ އާއި ޢިނާޔަތްތައް ދެވޭނެއެވެ.
-
ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން ހެލްތު އިންޝުއަރެންސް އަދި މި ނޫނަސް މި އޮފީހުގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައްް ދެވޭނެއެވެ.
-
ޕްރޮފެޝަނަލް މެންބަރޝިޕް ޙާޞިލްކޮށްފައިވާ ފަރާތެއްނަމަ، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން އަހަރީ މެމްބަރޝިޕް ފީ ރީއިންބަރސް ކޮށްދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތައް:
މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށެވެ.
ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
-
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ .
-
މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް.
-
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
-
ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
-
ޕޮލިސް ރިޕޯޓު (ދޫކުރިތާ 4 މަސް ނުވާ).
އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިޙާނު ބޭއްވޭނީ 19 އެޕްރީލް 2026 އާއި 30 އެޕްރީލް 2026 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ.
ނޯޓު:
-
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
-
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަަކަށް އެކަންޏެވެ.
-
ޗީފް ފައިނޭންޝަލް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު: 216MPAO-HR/IUL/2025/53 އިޢުލާން އަދި 216MPAO-HR/IUL/2026/4 އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އިވެލުއޭޝަންގެ އެއްވެސް މަރުޙަލާއަކުން ފާސްނުވާ ފަރާތްތައް މި މަޤާމަށް ޝޯޓްލިސްޓް ނުކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
-
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.