ދިވެހިރާއްޖެ
c
–
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2026/6
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ދ.ރިނބުދޫ ބަނދަރުހިޔާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ދ.ރިނބުދޫ ބަނދަރުހިޔާ ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ރަޖިސްޓްރީ ކުރުން:
އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދ.ރިނބުދޫ ކައުންސިލުގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓްރީ ކުރުމަށް އިޢުލާންއާއެކު އެޓޭޗް ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު 2026 އޭޕްރީލް 12 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7880325 ނަމްބަރަށް ގުޅުއްވުން އެދެމެވެ.
މައުލޫމަތު ދިނުމުގެ ބައްދަލުވުން:
މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 13 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ.
އަންދާސީ ހިސާބު ބަލައިގަތުން :
މިމަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 16 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި '' ބަނދަރުހިޔާ ސާފުކުރުން '' މިހެން ލިޔުމަށް ފަހުގައެވެ. އަދި ބަދަލުގައި މީހަކު ޙާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 15 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން 6760047/7880325 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޝައްވާލު 1447
08 އޭޕްރީލް 2026