ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A1/1/2026/15
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 02 މޭ 2026 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ސައިޕްރަސްގެ ޑެޕިއުޓީ މިނިސްޓަރ އޮފް ކަލްޗަރ އާއި ރިއާލްޓޯ ތިއޭޓަރ ގުޅިގެން އެ ޤައުމުގެ ލިމަސޯލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ "އިންޓަރނޭޝަނަލް ޝޯރޓް ފިލްމް ފެސްޓިވަލް އޮފް ސައިޕްރަސް (އައި.ސީ.އެފް.އެފް.ސީ)" ގައި ދިވެހިރާއްޖެ އިން ބައިވެރިވުމުގެ ފުރުޞަތު

     2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ  10 ވަނަ "އިންޓަރނޭޝަނަލް ޝޯރޓް ފިލްމް ފެސްޓިވަލް އޮފް ސައިޕްރަސް (އައި.ސީ.އެފް.އެފް.ސީ)" ގައި ދިވެހިރާއްޖެ އިން ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

     މި ފިލްމް ފެސްޓިވަލްގެ މަޤްޞަދަކީ ސައިޕްރަސްގެ ފިލްމްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ފިލްމު އިންޑަސްޓްރީގެ ފަންނުވެރިންނާއި ބެލުންތެރިން ޝައުޤުވެރިކުރުވައި، އަވަށްޓެރި ތިން ބައްރުގެ މީޓިންގ ހަބަކަށް ސައިޕްރަސް ހެދުމެވެ.

     ވީމާ، 10 ވަނަ "އިންޓަރނޭޝަނަލް ޝޯރޓް ފިލްމް ފެސްޓިވަލް އޮފް ސައިޕްރަސް (އައި.ސީ.އެފް.އެފް.ސީ)" ގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅަން ބޭނުންވާ ކުރުފިލްމް، shortfilmdepot.com އަދި filmfreeway.com މެދުވެރިކޮށް 02 މެއި 2026 ގެ ކުރިން ފިލްމު ސަބްމިޓް ކުރައްވައި، މިސެންޓަރުގެ މެއިލް އެޑްރެސް [email protected] އަށް އެކަން އެންގެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މި އިއުލާނާއެކު މި ފެސްޓިވަލްގައި ބައިވެރިކުރުވާ ކުރުފިލްމްތަކާއިގުޅޭ ޤަވައިދު އެއްކަރުދާސް ކޮށްފައިވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ސެންޓަރުގެ ނަންބަރ 3336868 އާއި ގުޅުއްވުން އެދެމެވެ. 

 

08 އޭޕްރިލް 2026