ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 23-RBC/23/2015/39
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 11 ފެބުރުވަރީ 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގައި އަލުން ރަޖިސްޓަރީ ކުރުން

އިޢުލާން

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގައި އަލުން ރަޖިސްޓަރީ ކުރުން

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން، ނާރސިންގ ކައުންސިލުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް، އެ ޤާނޫނަށް ޢަމަލު ކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގައި ރަޖިސްޓަރީވުމަށް ވަނީ ލާޒިމުކޮށްފައެވެ.

ވިމާ، ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ދިވެހި އަދި ބިދޭސީ ނަރުހުން މި ކައުންސިލުގައި ރަޖިސްޓަރީ ކުރުމަށްޓަކައި 11 ފެބުރުވަރީ 2016 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދި ދެންނެވީމެވެ. ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅުއްވާނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، މީގެ ކުރިން ނާރސިންގ ކައުންސިލުން ދޫކޮށްފައިވާ ރެޖިސްޓްރޭޝަންގެ ކޮޕީއާއި އައި.ޑީ.ކާޑު/ޕާސްޕޯޓުގެ ކޮޕީއާއި ފޯމުގައި ކަނޑައަޅާފައިވާ އަދަދަށް ޕާސްޕޯޓް ސައިޒުގެ ފޮޓޯ އަދި ކަނޑައަޅާފައިވާ ފީއާ އެކުއެވެ.

ރީ-ރެޖިސްޓްރޭޝަން ފޯމު ހުށަހަޅުއްވާއިރު ޕްރެކްޓިސިންގ ލައިސަންސް ހޯދުމަށްޓަކައި އެކަމަށް ކަނޑައަޅާފައިވާ ގޮޅީގައި ފާހަގަ ލެއްވުމަށްވެސް ދަންނަވަމެވެ.

ރީ-ރެޖިސްޓްރޭޝަން ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.health.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

6 ރަބީޢުލްއައްވަލް 1437

17 ޑިސެންބަރު 2015