ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 23-RBC/23/2015/40
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 11 ފެބުރުވަރީ 2016 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި އަލުން ރަޖިސްޓަރީ ކުރުން

އިއުލާން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި އަލުން ރަޖިސްޓަރީ ކުރުން

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު، ނަންބަރު 13/2015 ގެ 58 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ އެލައިޑް ހެލްތު ޕްރޮފެޝަނަލުން އެ ޤާނޫނަށް ޢަމަލު ކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީވުން ލާޒިމުކުރެއެވެ. މިގޮތުން މި ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ހިމެނޭ ޕްރޮފެޝަނަލުންގެ ތެރެއިން، މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކާއި އަދި މިހާތަނަށް ރަޖިސްޓަރީނުވާ ފަރާތްތައްވެސް މި ޤާނޫނުގެ ދަށުން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީވުމަށް ދަންނަވަމެވެ.

ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކުން ރަޖިސްޓަރީވުމަށް ހުށަހަޅުއްވާނީ، ފުރިހަމަކުރައްވާފައިވާ ކައުންސިލްގެ އެޕްލިކޭޝަން ފޯމާއި ކުރީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއެކު އައި.ޑީ.ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީއާއި ޕާސްޕޯޓް ސައިޒުގެ 3 ފޮޓޯއެވެ. އަލަށް ރަޖިސްޓަރީވުމަށް ހުށަހަޅުއްވާއިރު ފުރިހަމަކުރައްވާފައިވާ ކައުންސިލުގެ އެޕްލިކޭޝަން ފޯމާއި އެ ފޯމުގައި ހިމެނޭ ލިޔެކިޔުމާއި ޕާސްޕޯޓް ސައިޒުގެ 3 ފޮޓޯ ހުށަހަޅުއްވަންވާނެއެވެ.

ވިމާ، ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ ހުރިހާ އެލައިޑް ހެލްތު ޕްރޮފެޝަނަލުން 11 ފެބުރުވަރީ 2016 ގެ 14:00 ގެ ކުރިން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީ ވުމަށް އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

އެޕްލިކޭޝަން ފޯމު ހެލްތު މިނިސްޓްރީގެ ވެބްސައިޓް www.health.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

06 ރަބީޢުލްއައްވަލް 1437

17 ޑިސެންބަރު 2015