ބީލަން
ނަންބަރު: (IUL)386/386/2026/29
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 19 އޭޕްރިލް 2026 10:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ގުރައިދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރު: (IUL)386/386/2026/29   

                                                          ޕްރޮޖެކްޓް ނަންބަރު: 2026/01

 

 އިޢުލާން

 

ތ. ގުރައިދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ތ.ގުރައިދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މި ކައުންސިލުން ކުރި އިޢުލާން ނަންބަރު (IUL)386/386/2026/27 (31 މާރިޗު 2026) ގައި ބިޑް ރަޖިސްޓްރީކުރުމުގެ މުއްދަތުހަމަވި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވީތީ، ދެންނެވިފައިވާ އިޢުލާން ބާޠިލްކޮށް މިމަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

              ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

              މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 އެޕްރީލް 13ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ބިޑް ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.

              ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 2026 އެޕްރީލް 14ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާ ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2026 އެޕްރީލް 14ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން: 6780715

އީމެއިލް އައިޑީ:   [email protected]

ބީލަން ހުޅުވުން އޮންނާނީ  2026 އެޕްރީލް 19ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޝައްވާލް 1447

08 އެޕްރީލް 2026

08 އޭޕްރިލް 2026