ނީލަން
ނަންބަރު: (IUL)28-AD-2/1/2026/104
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 21 އޭޕްރިލް 2026 09:30
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުން

 

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ހ. ފަޔަރ ސަބްސްޓޭޝަން / މާލެ
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2026 އެޕްރީލް 21 ވަނަ ދުވަހުގެ 09:30 ގައި
  3. ނީލަމުގައި ބައިވެރިވުމަށް ހާޒިރުވާންޖެހޭ ތަނާއި ގަޑި: ހ. ފަޔަރ ސަބްސްޓޭޝަން (ކާނިވާ ސަރަޙައްދު) / ގަޑި: 9:30
  4. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހުނީލަން
  5. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު:7784109

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

08 އޭޕްރިލް 2026