ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2015/34
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:29
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2016 ވަނައަހަރަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުމާބެހޭ

އިޢުލާނު

2016 ވަނަ އަހަރަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުމާބެހޭ

2016 ވަނަ އަހަރަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުމުގެ މުއްދަތު 2015 ޑިސެންބަރު މަހުގެ ނިޔަލަށް ހަމަވާނެއެވެ. މި މުއްދަތު ހަމަވާއިރު ކުރިއަށް އޮތް އަހަރަށް ވަރުވާ ނުދައްކަވާ ރަށްރަށުގެ ވަރުވާ، ދެން ބަލައިގަންނާނީ އެ ރަށެއްގެ ހަމަ ވަރުވާގެ %25 އާ އެއްވަރުގެ އަދަދެއްގެ ޖުރުމަނާއާއެކު، 31 ޖަނަވަރީ 2016 ކުރިން ދެއްކެވުމުންނެވެ.

ވީމާ، 2016 ވަނަ އަހަރަށް ވަރުވާ ނުދައްކާ ފަޅުރަށްރަށް ހުރުމާއެކު އެ ރަށްރަށް ވަރުވާއަށް ލިޔެދީފައިވާ ފަރާތްތަކަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން މިވާހަކަ ދެންނެވީމެވެ. ފަޅުރަށްރަށުގެ ވަރުވާ ދައްކަވާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށެވެ. ވަރުވާ ދައްކަވަން ވަޑައިގަންނަވާއިރު ރަށް ލިޔެދީފައިވާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ފަޅުރަށްރަށުގެ ވަރުވާ އެ ރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލުން ބަލައިގަންނާނެ ވާހަކަވެސް ދެންނެވީމެވެ.

05 ރަބީޢުލްއައްވަލް 1437

16 ޑިސެންބަރު 2015