މަސައްކަތް
ނަންބަރު: GS205/IUL/2026/004
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 14 އޭޕްރިލް 2026 02:00
ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                      

           ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރުދުވަހަށް މިސްކޫލުގެ ސެކިއުރިޓީ  ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

  1. ވީމާ މި މަސައްކަތް ކޮށް ދިނުމަށް ޝައުޤުވެރިވާ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 09 އޭޕްރިލް 2026 އިން 12 އޭޕްރިލް 2026 އަށް ބަންދުނޫން ކޮންމެ ދުވަހަކު 11.00 އިން 14.00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.  އީމެއިލް އެޑްރެސް ތިރީގައި މިވަނީއެވެ.
  3. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 އޭޕްރިލް 2026 ވާ އަންގާރަ  ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މި މަސައްކަތާއި ގުޅޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 16 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލުގެ އޮފީހުގައެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  20 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި  ގައި މިސްކޫލް އޮފީހުގައެވެ.
  6. ސެކިއުރިޓީ ޚިދުމަތް ދިނުމަށް ކުރިމަތި ލައްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

މަސައްކަތުގެ އަގު                            70 ޕަސެންޓް

މަސައްކަތުގެ ތަޖުރިބާ                          10 ޕަސެންޓް

ތަމްރީނު ލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް    20 ޕަސެންޓް

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
  2. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 

ރަތަފަންދޫ ސްކޫލް

ގދ ރަތަފަންދޫ، ދިވެހިރާއްޖެ

ފޯން: 7983087/7948877

އީމެއިލް: [email protected]

08 އޭޕްރިލް 2026