|
މަގާމު:
ބޭނުންވާ ޢަދަދު:
މަގާމުގެ ބާވަތް:
މަގާމުގެ ރޭންކް:
ސެކްޝަން / ޔުނިޓް:
އޮފީސް:
ވަޒީފާ އަދާކުރަންޖެހޭ ތަން:
މުސާރަ:
ސަރވިސް އެލަވަންސް:
ސްޕެޝަލް ޑިއުޓީ އެލަވަންސް
އިތުރު އިނާޔަތްތައް:
|
މަސައްކަތު / JN-17
1 (އެކެއް)
ދާއިމީ
DMA1-1
އެޑްމިން އެންޑް އެޗް. އާރު
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
މަހަކު 4300.00 ރުފިޔާ
މަހަކު 1505.00 ރުފިޔާ
މަހަކު 1935.00 ރުފިޔާ
1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
|
|
1. ރާއްޖެއަށް ދިމާވާ ކުއްލި ހާލަތްތަކުގައި މި އޮތޯރިޓީން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ނިކުމެވޭ ގޮތަށް ހުރުމާއި، އިމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެކަމަކުން ސަލާމަތްވެ އާންމު ހާލަތައް ގެނައުމަށްޓަކައި މިއޮތޯރިޓީން ކުރަންޖެހޭ އެންމެހައި މަސައްކަތް ތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.
2. މިއޮތޯރިޓީގެ އޮފީސް ޢިމާރާތް އެތެރެ އާއި ބޭރު ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުމާއި، ކުނި އުކާލުމުގެ މަސައްކަތްތައް ކުރުން.
3. އޮފީސް އިމާރާތުގެ ގޮނޑި، މޭޒު، އިކްއިޕްމަންޓް އަދި އެހެނިހެން ތަކެތި ކޮންމެ ދުވަހަކު ފޮޅާ ސާފުކޮށް ބެލެހެއްޓުން.
4. މީޓިންގ ތަކަށް ސައި ތައްޔާރުކުރުމާއި މުވައްޒަފުންނަށް ސައިގެ ކަންތައްތައް ކުރެވޭގޮތަށް ސައިކޮޓަރި ސާފުކޮށް ކޮންމެ ދުވަހަކު ބެލެހެއްޓުން.
5. މިއޮތޯރިޓީގެ ފާޚާނާތައް ދޮވެ ސާފުކުރުމާއި، ފާޚާނާތަކުގައި ބަހައްޓަންޖެހޭ ޓޮއިލެޓްޕޭޕަރ އަދި ސައިބޯނިފަދަތަކެތި ޤަވާޢިދުން ހަމަކޮށްފައި ބެހެއްޓުން.
6. މިއޮތޯރިޓީގެ މީޓިންގ ރޫމުތައް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި، މީޓިންއަށް ސައި ނުވަތަ ކޮފީ ހަމަޖައްސަންޖެހޭ ދުވަސްދުވަހު އެފަދަ މަސައްކަތްތައް ކުރުން.
7. އޮފީސް ނިމޭގަޑީގައި މީޓިންގ ރޫމާއި ސައިކޮޓަރީގެ ލައިޓް އާއި އޭސީފަދަ ނިއްވަންޖެހޭ ތަކެތި ނިއްވާލާފައި ބެހެއްޓުން.
8. މިއޮތޯރިޓީން ކުރަންޖެހޭ ކުއްލި އިމަރޖެންސީ މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.
|
|
މަގާމުގެ ޝަރުތުތައް:
|
- ލިޔަން ކިޔަން އެނގުމާއެކު މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
- ނޯޓް: ލިޔަން ކިޔަން އެނގޭކަން ކަށަވަރުވާފަދަ ލިޔުމެއް ހުށައެޅުން.
|
|
ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން
|
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
|
މަގާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 19 އެޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓް ލިސްޓް ކުރުން:
|
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
|
އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 އެޕްރީލް 2026 – 23 އެޕްރީލް 2026 އާ ދެމެދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:
|
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|