ދިވެހިރާއްޖެ
އިޢުލާން
އައުޓްޑޯ ޖިމް އަޅާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ސާފުކުރުން
މިރަށުގައި ސަރުކާރުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމް އަޅާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. މިގޮތުން އެ ސަރަހައްދުން ކަނޑަން ބޭނުންވާ ރުއްގަހުގައި ހުދު ކުލައިން 1 ން 7 އަށް ރަސްގެ (X) ޖަހާފައި ހުންނާނެއެވެ.
ވީމާ އެރުއްގަހުގެ ވެރިން މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްގަހަށް ދީފައިވާ ނަންބަރު ނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ނޯޓް ކުރުމަށް ދުރުވާއިރު އެރުއްގަހުގެ ރަޖިސްޓަރީ ނަންބަރު ގެންނަވަން ޖެހޭނެއެވެ. އަދި 2026 އެޕްރީލް 13 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާލެވޭނެ ވާހަކަ ދެންނެވީމެވެ.
ނޯޓު: މިބިން އޮންނާނީ ސައުރުގޭ އުތުރުން ޓްރާންސް ފޯމަރ އިރުމަތީގައެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.