ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 142-A1/1/2015/151
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:26
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ޝާއިޢުކުރާ ދީނީ ލިޔުންތައް ޝާއިޢު ކުރެވޭނީ މިނިސްޓްރި އޮފް އިސްލާމިކް އެފެއާޒުން ފާސްކޮށްގެން

އިޢުލާން

ދިވެހިރާއްޖޭގައި ޝާއިޢުކުރާ ދީނީ ލިޔުންތައް ޝާއިޢު ކުރެވޭނީ މިނިސްޓްރި އޮފް އިސްލާމިކް އެފެއާޒުން ފާސްކޮށްގެން

ދިވެހިރާއްޖޭގައި އާންމުކުރާ ނުވަތަ ޝާއިޢުކުރާ ނުވަތަ ޗާޕުކޮށް ނެރޭ ކީރިތި ޤުރުއާނުގެ ތަރުޖަމާ، ވަކިވަކި ސޫރަތްތަކުގެ މާނަ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގެ ތަރުޖަމާއާއި އަދި ދީނީ އެކިއެކި ފޮތްތަކާއި ދީނީ މަޖައްލާތައް ޝާއިޢުކުރަންވާނީ، މި މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށް ފަހުގައެވެ. ޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ ޤާނޫނަށް ގެނެވުނު 1 ވަނަ އިޞްލާޙުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވަނީ، ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ދީނީ ނަސޭހަތް ދީ، އަދި ދީނީ ފޮތް ޝާއިޢުކުރެވޭނީ މި މިނިސްޓްރީން ލިޔުމަކުން ހުއްދަ ލިބިގެން ކަމަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

3 ރަބީޢުލްއައްވަލް 1437

14 ޑިސެންބަރު 2015