ދިވެހިރާއްޖެ
|
މަޤާމު: |
ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ |
||||||||||||
|
މަޤާމުގެނަންބަރު: |
- |
||||||||||||
|
ބޭނުންވާއަދަދު: |
01 (އެކެއް) |
||||||||||||
|
މަޤާމުގެގިންތި: |
ދާއިމީ |
||||||||||||
|
މަޤާމުގެރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 5 – ސްޓެޕް 1 |
||||||||||||
|
މަޤާމުގެކްލެސިފިކޭޝަން: |
- |
||||||||||||
|
ވަޒީފާއަދާކުރަންޖެހޭތަން: |
ކ. ގުޅީ ޞިއްޙީމަރުކަޒު |
||||||||||||
|
މުސާރަ: |
9495.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ފަހެއް) |
||||||||||||
|
އެހެނިހެންއެލަވަންސް: |
|
||||||||||||
|
މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް: |
1- ހުސްވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގެ އުޞޫލާއި އެއްގޮތަށް ކުރުން. 2- މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޢޫލޫމާތު އެޗް އާރް ސިސްޓަމުން އެންޓަރކޮށް މުވައްޒަފުންގެ ރެކޯޑް އެޗް އާރް ސިސްޓަމުން އަޕްޑޭޓް ކުރުން. 3- އެކިފަރާތްތަކަށް ފޮނުވަންޖެހޭ ޖަވާބުގެ ސިޓީ/ މެސެޖްފަދަ ލިޔުންތައް ތައްޔާރުކޮށް އެ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 4- މުވައްޒަފުންގެ މުސާރަ ޝީޓް މެނުއަލްކޮށް އަދި ކެޕްލަރ ސިސްޓަމް މެދުވެރިކޮށް ތައްޔާރުކުރުން. 5- މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ހަދައި، ރެކޯޑް ފައިލްކޮށް ބެލެހެއްޓުން. 6- ސްޓޮކް ރަޖިސްޓްރީތައް ބެލެހެއްޓުމާއި އިންވެންޓްރީ ބެލެހެއްޓުން. 7- ސިއްހީ މަރުކަޒަށް ލިބޭ ލިޔުންތައް އެންޓްރީ ކުރުމާއި ފައިލް ކުރުން. 8- ޙާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން މަރުކަޒުގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން. 9- ބިދޭސީ މުވައްޒަފުންގެ ވިސާ މުއްދަތު ހަމަވުމުގެ ކުރިން އާކުރަންޖެހޭ މުވައްޒަފުންގެ މެޑިކަލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން. 10- ސަލާމާއި ގަޑިޖެހުން ގިނަކަމަށް ފާހަގަވާ މުވައްޒަފުންނަށް އަޅަންޖެހޭ އިސްލާހީ ފިޔަވަޅު ސިވިލް ސަރވިސްގެ ޤަވާއިދާއި އެއްގޮތައް އެޅުން. 11- މުވައްޒަފުންގެ ޗުއްޓީ އަދި ސަލާމް ރެކޯޑް އަޕްޑޭޓް ކޮށް ބެލެހެއްޓުން. |
||||||||||||
|
މަޤާމުގެޝަރުޠުތައް: |
މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ އެޑްވާންސް ޑިޕްލޮމާ ، އެސޯސިއޭޓް ޑިގްރީއެއް ޙާސިލްކޮށްފައިވުން |
||||||||||||
|
މަޤާމުގެތަޢުލީމީރޮނގުތައް:
|
|||||||||||||
|
މަޤާމުގެމަސައްކަތުގެދާއިރާތައް :
ނޯޓް: ވަޒީފާއަށް ކުރިމަތިލާ ފަރާތުން މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާއަކުން ސަނަދެއް ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްދެވޭނެއެވެ.
|
|||||||||||||
|
ހުށަހަޅަންޖެހޭލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||
|
ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް: |
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ60%(ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. |
||||||||||||
|
މަޤާމަށްއެދެންވީގޮތާއިސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، ކ.ގުޅީ ސިއްހީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާފަރާތްތަކުން އީމެއިލް ކ.ގުޅީ ސިއްހީމަރުކަޒުގެ ލިބުނުކަން ޔަގީންކުރެއްވުން އެދެމެވެ.) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||||||
|
އިންޓަރވިއުއާއިއިމްތިހާންއޮންނާނެތަނާއި،މުއްދަތު |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 26 އޭޕްރީލް 2026 އާއި 30 އޭޕްރީލް 2026 އާއި ދެމެދުގެ ތާރީހެއްގައި ގުޅީ ސިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަރވިއު އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||
|
"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށްޕޮއިންޓުލިބުނުގޮތުގެޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||
|
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640633 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަން ކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) http://www.csc.gov.mv/recruitmet-usoolu އިން ލިބެން ހުންނާނެއެވެ. |
|||||||||||||