ދިވެހިރާއްޖެ
އިޢުލާން
ދެއްޔާއި މާސްޓަރ ހޯދުމަށް ބޭނުންވެއްޖެ
މިނިސްޓްރީގެ ސެކްޝަންތައް، ޑިވިޜަންތައް، އިންސްޓިޓިއުޓްތައް، އަދި ސްކޫލުތަކުގައި ބޭނުންކުރާ މެޝިނަރީތަކަށް ބޭނުންވާ ޓޯނާ، ކާރޓްރިޖް، ދެލި އަދި މާސްޓަރ ރާއްޖޭގައި ވިއްކުމަށް މިތަކެތި އުފައްދާ ރާއްޖޭން ބޭރުގެ ކުންފުނިތަކުގެ ރަސްމީ ހުއްދަ އޮންނަ ރާއްޖޭގެ ކުންފުނިތަކާއެކު އެއްބަސްވުން ހެދުމަށް ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީހިސާބު ހުށަހެޅުމަށް  | 
| 
 24 ޑިސެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 12:00 އަށް  | 
 28 ޑިސެންބަރު 2015 (ހޯމަ) ދުވަހުގެ 12:00 އަށް  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.
06 ރަބީޢުލްއައްވަލް 1437