|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް
|
04 އެޕްރީލް 2026
|
|
ނަންބަރު
|
(IUL)168-CA/1/2026/32
|
|
ރިސަރޗް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓް
|
|
މަޤާމު:
|
ސީނިއަރ ރިސަރޗް އޮފިސަރ
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/10,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
|
ރަސްމީ ގަޑި:
|
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
|
|
ޝަރުޠު:
|
1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް) ހާސިލް ކޮށްފައިވުން.
ނުވަތަ،
2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
4. އޮފިސަރގެ މަޤާމުގެ ޝަރުތު ހަމަވުމާއެކު އޮފިސަރގެ މަޤާމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޮމިޝަނުން ކުރުމަށް ކަނޑައަޅުއްވާ ދިރާސާތަކުގެ ތެރެއިން ޑިޕާޓްމަންޓުން ކުރުމަށް ނިންމަވާ ދިރާސާތައް ކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކޮށް، މި ދިރާސާތަކުގެ މައްޗަށް އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލައި، މި ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުން. ދިރާސާކުރުމުގެ ތެރޭގައި ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމާއި، މަޢްލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢްލޫމާތު ހޯދަންޖެހޭނަމަ އެކަން ކުރުމާއި، ރިޕޯޓްތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔުމާއި، ކޮމިޝަނަށް މި ރިޕޯޓްތައް ހުށަހެޅުން.
- ކޮމިޝަނުން ކުރުމަށް ކަނޑައަޅުއްވާ ދިރާސާތަކުގެ ތެރެއިން ކަމާބެހޭ މާހިރެއް ލައްވާ ކުރުމަށް ކަނޑައަޅާ ދިރާސާތަކާ ގުޅިގެން، ކަމާބެހޭ މާހިރެއް ހޯދުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކަމާބެހޭ މާހިރު މަޢްލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢްލޫމާތު ހޯދަންޖެހޭނަމަ ކަމާބެހޭ މާހިރާއެކު މި އަތޮޅުތަކަށް ޒިޔާރަތްކުރުމާއި، މި ޒިޔާރަތްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ކަމާބެހޭ މާހިރުން ދިރާސާގެ ރިޕޯޓްތައް ފޮނުވުމުން ކޮމިޝަނުގެ ފަރާތުން މި ރިޕޯޓްތަކަށް ކޮމެންޓުކުރުމާއި، ކޮމިޝަނުން މި ރިޕޯޓްތައް ފާސްކުރުމާއި، ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުން، އަދި ކަމާބެހޭ މާހިރުން ލައްވާ ކުރުވާ ދިރާސާތަކުގައި، އެ މާހިރުންނަކީ ރާއްޖެއިން ބޭރުގެ މާހިރެއްނަމަ، ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެއްވެސް ލިޔުމެއް ތަރުޖަމާ ކުރަންޖެހޭނަމަ، އެލިޔުންތައް ތަރުޖަމާކުރުން، ހަމަ މިއާއެކު، ކަމާބެހޭ މާހިރުންގެ ރިޕޯޓްތައް ކޮމިޝަނުން ފާސްކުރުމުން، މި ރިޕޯޓްތައް ދިވެހި ބަހަށް ތަރުޖަމާކުރުން.
- އިންސާނީ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތަކައި ގުޅިގެން ހަދަންޖެހޭ ޑެސްކް ރިވިއުތައް ހަދައި ރިޕޯޓްތައްޔާރުކުރުން،
- ދިވެހިރާއްޖޭގެ ހާލަތާއި ގުޅުވައިގެން އެކިއެކި ފަރާތްތަކުން ތައްޔާރުކުރާ ރިޕޯޓްތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާ ގުޅުންހުރި ރިޕޯޓް އެނަލައިޒްކޮށް، މިރިޕޯޓްތަކުގައި ހިމެނޭކޮމިޝަނުން މޮނީޓަރކުރަންޖެހޭ ކަންތައްތައް ފާހަގަކުރުން،
- ރިސަރޗް އޮފިސަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ އެހެން ޑިޕާޓްމަންޓްތަކުން ކުރާ ދިރާސާތަކަސް ފަންނީ ލަފާދިނުން.
- އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން، ރިސަރޗް އޮފިސަރެއްގެ ހައިސިސއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މަސައްކަތަށް އެހީތެރިވެދިނުމުގެގޮތުން، އެމުވައްޒަފުންނަށް އެހީތެރިވެދިނުން،
- ކޮމިޝަނުގައި ހިންގާ ބޮޑެތި ޙަރަކާތްތަކުގައި ބައިވެރިވުން،
- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.
- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
|
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
- ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
|
|
ސުންގަޑި:
|
2026 އެޕްރީލް 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
|
|
އެހެނިހެން:
|
- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.
- އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf) ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|