މަސައްކަތް
ނަންބަރު: BAM/IUL/2015/32
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 27 ޑިސެންބަރު 2015 15:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކޯސްތަކަށް ކިޔަވައިދޭނެ އިންސްޓްރަކްޓަރުން ބޭނުންވެއްޖެ

މިއެސޯސިއޭޝަނާއި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއާ ގުޅިގެން 2016 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ ކޯސްތަކަށް ކިޔަވައިދޭނެ އިންސްޓްރަކްޓަރުން ބޭނުންވެއްޖެއެވެ.

  • ބެޑްމިންޓަން އަމްޕަޔަރިންގ ބޭސިކް ކޯސް / ކ.މާލެ (10 – 18 މާރިޗު 2016 )
  • ސެޓުފިކެޓު 2 އިން ކޯޗިންގ ބެޑްމިންޓަން / ކ.މާލެ ( މޭ 2016 )
  • ބެޑްމިންޓަން އަމްޕަޔަރިންގ ބޭސިކް ކޯސް / ހދ.އަތޮޅު ( އެޕްރީލް 2016 )

ވީމާ، މިކޯހުގައި ކިޔަވައިދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތެއްގެ ވަނަވަރާއެކު 27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި އެސޯސިއޭޝަނަށް ލިޔުމުން ނުވަތަ މެއިލަކުން [email protected] އަށް ހުށަހެޅުން އެދެމެވެ.

15 ޑިސެންބަރު 2015