ޢާންމު މަޢުލޫމާތު
ނަންބަރު: 06/2013
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2013
ޕަބްލިޝްކުރި ގަޑި: 15:19
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އަސާސީ ޕެންޝަނުގެ ގަވާއިދު އިޞްލާޙު ކޮށް އަލުން ޝާއިޢުކުރުން

ޤާނޫނު ނަންބަރު 2009/8 "ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު" ގެ ދަށުން ހެދިފައިވާ އަސާސީ ޕެންޝަނުގެ ގަވާއިދަށްވަނީ އިޞްލާޙުތަކެއް ގެނެވިފައެވެ. މިގޮތުން އިޞްލާޙު ކުރެވުނު އަސާސީ ޕެންޝަނުގެ ގަވާއިދު މިހާރުވަނީ މިއޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައެވެ. މިއިޞްލާޙާ ގުޅިގެން "ޕެންޝަނަށް އެދޭ ފަރާތުގެ މަޢުލޫމާތުފޯމު" އަށް ވަނީ ބަދަލު ގެނެވިފައެވެ.

ވީމާ، 15 އޯގަސްޓު 2013 އިން ފެށިގެން އިޞްލާޙު ކުރެވިފައިވާ "ޕެންޝަނަށް އެދޭ ފަރާތުގެ މަޢުލޫމާތުފޯމު"  ރަށު ކައުންސިލް ތަކުންނާއި އަތޮޅު ކައުންސިލް ތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުން އެދެމެވެ. "ޕެންޝަނަށް އެދޭ ފަރާތުގެ މަޢުލޫމާތުފޯމު" މިއޮފީހުގެ ވެބްސައިޓު www.pension.gov.mvއިން ޑައުންލޯޑް ކުރެއްވޭނެއެވެ. 15 އޯގަސްޓު 2013 އިން ފެށިގެން މިއޮފީހުން ބަލައިގަންނާނީ އިޞްލާޙު ކުރެވިފައިވާ "ޕެންޝަނަށް އެދޭ ފަރާތުގެ މަޢުލޫމާތުފޯމު"  ކަން  ކައުންސިލް ތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

             10 ރަމަޟާން  1434

18 ޖުލައި 2013